ރައީސް މައުމޫން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރައީސް މައުމޫން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެމަނިކުފާނު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި މިކަން ވަނީ ހާމަކުރައްވައިފައެވެ.

ރައީސް މައުމޫން ޕޮޒިޓިވްވީކަން އެނގިވަޑައިގަތީ ބޮލިފުށި ރިސޯޓުގައި ހުންނަވައިފައި މާލެ ވަޑައިގެން ކުޑަކޮށް ހުންފުޅުގެ އަސަރު ހުރުމުގެ ސަބަބުން އަމިއްލަފުޅަށް ވަޑައިގެން ޓެސްޓު ކުރެއްވީމައެވެ. ޓެސްޓުގެ ނަތީޖާ ލިބިވަޑައިގަތީ އަނެއްކާވެސް އެނބުރި ބޮލިފުށްޓަށް ވަޑައިގަތް ފަހުންނެވެ.

1 ޚިޔާލު

  1. މަނިކުފާނާއި މި ބަލި ޖެހިފައިވާ އެހެން ހުރިހާ އެންމެންނަށް ރަހުމަތް ލައްވައި، އަވަސް ޝިފާއެއް މިންވަރު ކުރައްވައި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.