ގޮނޑި ގެއްލުވާލެވުނު 12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ތާއީދުކުރުމަށް އިއްތިހާދުގެ 4 ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ. އިއތިހާދުން އެއްބަސްވެ ވަޑައިގެންފައިވަނީ 12 މެންބަރުން މިހާރުވެސް ތަމްސީލުކުރައްވާ ދާއިރާތަކަށް އެ މެންބަރުންނަށް ތާއީދު ކުރެއްވުމަށެވެ.
އިއްތިހާދުން މެންބަރުންނަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މައުމޫން ޓުވީޓު ކުރައްވާފައިވާއިރު މެންބަރުންނާ ބައްދަލުކުރައްވައި މިއަދު ރައީސް ނަޝީދު ވެސް ޓިކެޓް ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ސޯޝަލްމީޑިއާގައި ޚިޔާލު ފާޅުކުރަމުންދާ ބައެއް މީހުން ބުނަމުންދަނީ ޕްރައިމަރީ އަކާ ނުލާ އިއްތިހާދުން ޓިކެޓް ކަށަވަރު ކޮށްދެއްވާ މެންބަރުންނަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
All coalition partners have already agreed to support the candidacy of the 12 MPs in their respective constituencies without going through a primary in the 2019 Majlis elections.
— Maumoon Abdul Gayoom (@maumoonagayoom) November 5, 2018