ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައި ހުށަހެޅި މައްސަލަ ތަޅުމުން ބޭރުކޮށްލައިފި

ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށްގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ. މިމައްސަލާގައި ބަހުސް ކުރުމަށް، ފާސްވުމަށް 18 ވޯޓް ލިބެން ޖެހޭއިރު ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ އެންމެ ހަ މެމްބަރުންނެވެ. 29 މެމްބަރުން ދެކޮޅަށް ވޯޓް ދެއްވިއެވެ.

ޖާބިރުގެ މައްސަލައިގައި ވަނީ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އިތުރުވެފައިވާކަމަށެވެ. މިކަމަކީ ދިވެހި އެންމެހާ ރައޔިތުންގެ  ފޯރުންތެރިކަމަށް ގޮންޖަހާ ރައްޔިތުން ބިކަވެ ނިކަމެތިވުމަށް ހުށަހެޅިގެންދާ ކަމެއްކަމަށެވެ. އެކަމުގެ ފުރިހަމަ ޒިންމާ އެމެއެމްއޭއިން ނަގަން ޖެހޭނެކަމަށެވެ. އެމްއެމްއޭގެ ޤަވަރުނަރުގެ ޤާބިލް ކަމާމެދުވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރ ޖާބިރު ވަނީ ގަވަރުނަރުގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފއެވެ.

ދިވެހި އިޤްތިޞާދު އަލުން އިއާދަކޮށް ދިވެހި ރައްޔިތުންނަށް މާލީގޮތުން ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް  ދިވެހި ފައިސާގެ އަގު ދަށްވިޔަނުދީ  ހިފެހެއްޓުމަށް، އެކށީގެންވާ އަގެއަގައި ދިވެހިންނަށް ބޭރު ފައިސާ ގަނެވިއްކޭނެ  ފަސޭހަ މަގެއް ހޯދުމުގެ މަގު ފަހިކޮށް ދިނުމަށް ކުއްލި މައްސަލައިގައި، ސަރުކާރަށް ވަނި ގޮވާލައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.