ޒަކާތު ސްކޮލަރޝިޕަށް ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. ޒަކާތު ސްކޮލަރޝިޕަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން ކިޔެވުމުގެ ފުރުޞަތު ދެއްވާ ސްކޯލަރޝިޕެކެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރު އިޢްލާން ކުރައްވާ ޒަކާތު ސްކޮލަރޝިޕް އަމާޒުކުރައްވާނީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ކަމަށެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ކިޔެވުން ފުރިހަމަ ކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލު ކުރެއްވުމަށް ކަމަށް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ފުލް ސްކޯލަރޝިޕަށް ވެސް ކުރިއަށް އޮތްތަނުގައު ހުޅުވާލައްވާނެކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިހާރު ވެސް ޒަކާތުގެ ފުލް ސްކޮލަރޝިޕްގައި 22 ވަރަކަށް ދަރިވަރުން ކިޔަވަމުންދާކަން ފާހަގަ ކުރެއްވިއެއެވެ. ދަރިވަރުން ތަކެއް ކުރިމަތިލައި ކުރިއަށް ނުގޮސް އޮއްވައި މިސަރުކާރުން އެކަން ބަލާ އެދަރިވަރުންގެ ސްކޯލަރޝިޕް ކަންތައް ހަމަޖައްސަވައި ދެއްވި ކަމަށް އިސްލާމިކް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 30 ސްކޯލަރޝިޕް ދެއްވިކަމަށާއި ނަމަވެސް ކަނޑައެޅިފައިވާ މުއްދަތަށް ޕްލޭސްމަންޓްކަންތައް ހަމަޖައްސައި ހުށަނޭޅުމުން އެ ފުރުޞަތު ބައެއް ކުދިންނަށް ގެއްލިގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ.
ބޭރުގައި ކިޔަވަން ތިބޭ ކުދިން ހާލުގަޖެހި ކިޔެވުން ފުރިހަމަ ކުރުމަށް ދަތިވިޔަސް އެނޫން ކަމެއް ދިމާވިޔަސް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތެއް ޒަކާތު ފަންޑުން ޚަރަދު ކުރުމަށް ކުރިން ކަނޑައެޅިފައިވާ އުޞޫލުގައޮ ނޯންނަކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް ކިޔަވަން ތިބޭކުދިނަށް ވެސް ކުރިމަތިލެވޭ ގޮތަސް އުޞޫލު އިޞްލާޙުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަލަށް އެކުލަވާލެއްވި އުޞޫލަށް ބަންޑާރަ ނާއިބްގެ ލަފާ ހޯއްދަވާ ގެޒެޓް ކުރުމުގެ މަރުޙަލާގައިވާކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ޒަކާތުފަންޑުން ކުރާ ޚަރަދުތައް ހަރުދަނާ ކުރިމަށް މިސަރުކާރުން ޚާއްޞަ ކޮމެޓީތަކެއް އެކުލަވާލައިފައިވާކަމަށް ވެސް މިނިސްޓްރ ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ޒަކާތާބެހޭ ޝަރިޢާ ކޮމެޓީއަކާއި ޒަކާތު ކޮމެޓީގެ އިތުރުން ބޭސްފަރުވާ ކޮމެޓީއަކާއި ސްކޯލަރޝިޕް ކޮމެޓީއެއް ހިމެނެއެވެ.
މިއަހަރުގެ މުދަލުޒަކާތުގެ ލާރި ދެއްވަނީކޮންދުވަހަކުންތޯ