ޔޫރަޕަށް ހިޖުރަކުރަން އުޅުނު ބަޔަކާއިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 45 މީހުން މަރުވެއްޖެ

ޔޫރަޕަށް ހިޖުރަކުރަން އުޅެނިކޮށް ގެނބިގެން ލީބިޔާގެ ތާޖޫރާއަށް ލައްގާފައިވާ މީހެއްގެ ހަށިގަނޑު ނަގަނީ

ޔޫރަޕަށް ހިޖުރަކުރަން މަސައްކަތް ކުރި އެފްރިކާ ބަޔަކާއިގެން ދަތުރުކުރި ބޯޓެއް ލީބިޔާގެ އައްސޭރިއަށް ދިމާއަށް މެޑިޓަރޭނިއަން ކަނޑަށް ބަންޑުން ޖަހާލައިފިއެވެ. މި ހާދިސާގައި 45 މީހަކު ވަނީ މަރުވެފައެވެ. ލިބިޔާގެ ޒުވާރާއަށް ދިމާއަށް ބަންޑުން ޖަހާލި ބޯޓުން 37 މީހަކު ސަލާމަތްވިިއިރު، މަރުވި މީހުންގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނެެއެވެ. މިއީ 2020 ވަނަ އަހަރުގެ ތެރޭގައި މެޑިޓަރޭއަން ކަނޑުގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.

އދ. ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ބޯޓުން ބަންޑުން ޖަހާލީ އޭގެ އިންޖީނު ގޮވައިގެންނެވެ. އޭރު އެ ބޯޓުން 82 މީހުން ދަތުރުުކުރަމުން ދިޔަަކަމަށް ވެއެވެ.

އިންޓަނޭޝަލަން އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދ.ގ ރެޖިއުޖީންނާ ބެހޭ ޖަމްއިއްޔާ (ޔޫއެންއެޗްސީއާރް) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވާގޮތުން ސަލާމަތްވި މީހުންގެ ތެރޭގައި ގިނައިން ތިބީ ސެެނެގާލް، ސޯމާލިޔާ، ޗާޑް އަދި މާލީ މީހުންނެވެ. އެ މީހުން ސަލާމަތް ކުރީ ލީބިޔާގެ މަސްވެރިންނެވެ. އަދި އެ މީހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.

ފާއިތުވި ހޯމަ ދުވަހު ހިނގި މި ހާދިސާއަކީ އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރާ މީހުން ގޮވައިގެން ދަތުރުކުރާ ކުދި ބޯޓުތަކަށް ދިމާވާ މިފަދަ ހާދިސާތަކުގެ ސިލްސިލާގެ އެއް ބޮޅެެވެ. ފާއިތުވި ޖޫން މަހުގެ ތެރޭގައި ވެސް ބޯޓެއް ބަންޑުންޖަހާލައި، 12 މީހަކު ވަނީ ގެއްލިފައެވެ.

ލީބިޔާގެ ޒައީމު ކާނަލް މުޢައްމަރު އަލްޤައްޛާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމަށް ފަހު، ލީބިޔާ ބޮޑު ހަމަނުޖެމެއްގެ ތެރެއަށް ވެއްޓި އެ ގައުމުވަނީ ހަނގުރާމަައާއި ފަގީރުކަމުން ސަލާމަތްވާން ޔޫރަަޕަށް ހިޖުރަކުރާ މީހުން ހުރަސްކުރާ ތަނަކަށް ވެފައެވެ.

ލީބިޔާގެ ކޯސްޓުގާޑުން ވަނީ މިއަހަރު ތެރޭގައި ހިޖުރަކުރަން މަސައްކަތްކުރި 7 ހާހަށްވުރެ ގިނަ މީހުން ހިފަހައްޓާފައެވެ. އައިއޯއެމްއާއި ޔޫއެންއެޗްސީއާރުން ލަފާކުރާ ގޮތުގައި މިއަހަރު ތެރޭގައި ހިޖުރަކުރަން އުޅުން މީހުންގެ ތެރެއިން 302 މީހަކު ގެެނބިގެން މަރުވެފައި ވެއެވެ.

މިއަަހަަރު ތެރޭގައި ބޯޓުތަކުގައި ކަނޑު ހުރަސްކޮށް 17 ހާހެއްހާ މީހުން އިޓަލީއަށާއި މޯލްޓާއަށް ގޮސްފައި ވެއެވެ. މިއީ ފާއިތުވި 2019 ވަނަ އަހަރަށްވުރެ 3 ގުނަ އިިތުރު އަދަދެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.