ކޯވިޑް-19: މިއަދު ބަލި ޖެހުނީ 146 މީހުންނަށް - 117 ދިވެހިން

ރާއްޖެއިން ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 146 މީހުންނެވެ. މީގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވީ 21 ބަނގްލާދޭޝީންނާއި 5 ސްރީލަންކަނުންނާއި  2 އިންޑިއަނުންނާއި ފިލިޕީނޯއެކެވެ. މިއީ މިއަދުގެ އިރުއޮއްސި 6.00 އާ ހަމައަށް ނަގާފައިވާ ނަތީޖާއެވެ.

މި އަދަދުތަކާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 6225 އެވެ. މީގެ ތެރެއިން 3788 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މި ވަގުތު ބަލީގައި ތިބީ 2413 މީހުންނެވެ. މީގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި 1390 މީހުންނާއި ހަސްފަތާލުގައި ފަރުވާދޭ 152 މީހުން ހިމެނެއެވެ.

ކޯވިޑް-19 ގައި ރާއްޖެއިން މިހައިތަނަށް މަރުވެފައި ވަނީ 24 މީހުންނެވެ. އެންމެ ފަހުން މީހަކު މަރުވެފައި ވަނީ އިއްޔެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.