ހިޔާ ފްލެޓަށް ޝަރުތު ހަމަވާ 102 މީހަކަށް ނުގުޅޭތީ ނަން ހާމަކޮށްފި

ހިޔާ ފްލެޓަށް ޝަރުތު ހަމަވާ 102 މީހަކަށް ނުގުޅޭތީ ނަން ހާމަކުރައްވައިފިއެވެ. ނަން ހާމަކޮށްފައި ވަނީ ދެކެޓަގަރީއަކުން ޝަރުތު ހަމަވެފައިވާ މީހުންގެ ތެރެއިން ދީފައިވާ ނަމްބަރަށް ނުގުޅޭ މީހުންނެވެ.   

ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވާ ގޮތުގައި ހިޔާ މަޝްރޫޢުގެ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ނަން ހާމަކުރައްވައިފައި ވަނީ  ދީފައިވާ ނަންބަރުން ނުގުޅޭ މީހުންނަށެވެ. އެމީހުންނަށް ނުގުޅުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެމީހުންގެ ގޭގެއަށް ވަނީ ޒިޔާރަތް ނުކުރެވިފައެވެ.  

ފްލެޓް ކޮމިޓީން މިއަދު ގެޒެޓް ކުރައްވާފައިވާ މި ލިސްޓްގައި ހިމެނެނީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H9  ކެޓަގަރީން ފޯމް ހުށަހަޅައިފައިވާ 79 މީހުންނާއި އަދި H11  ކެޓެގަރީން ފޯމު ހުށަހަޅާފައިވާ 23 މީހުންނެވެ. އެ މީހުންނާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ވެސް ފްލެޓް ކޮމެޓީން ފާހަގަކުރައްވާ ކަމަށް ރައީސް އޮފީހުގެ ނޫސްބަޔާނުގައި ވެއެވެ. ލިސްޓުގައި ހިމެނޭ މީހުން މިމަހުގެ 23 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ރައީސް އޮފީސްހުގެ ވެބްސައިޓްގައިވާ ލިންކްގައިވާ ފޯމު ފުރިހަމަ ކުރުމަށް ވެސް ފްލެޓް ކޮމެޓީން އެދިވަޑައިގަންނަވައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.