މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ގޮތް މަޖިލީހގެ އެހެން ރައީސުން، ރިޔާސަތުގައި ތިއްބެވި ގޮތާ ތަފާތު ވާނެކަމަށް ރައްޔިތުންގެ މަޖލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން މަޖިލީހުގައި ވާހަކަ ފުޅު ދައްކަވައިފައި ވަނީ ޕެލޭނިން މިނިސްޓަރ އަސްލަމުގެ ޖަވާބަށް މަޖިލީހުގެ ރައީސް ޖަވާބު ދެއްވި ގޮތުން އައްޑޫ މަރަދޫ ދައިރާގެ މެމްބަރ އިބްރާޙިމް ޝަރީފު ނިޒާމީ ނުކުތާއެއް ނަންގަވައިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކަވައިފައިވަނިކޮށެވެ. މެމްބަރ ޝަރީފް ވިދާޅުވީ ވަޒީރު ދެއްވާ ޖަވާބަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް ވާހަކަ ދައްކަވާ ގޮތުން ސަރުކާރުގެ ސިޔާސަތު ސާފު ނުވާކަމަށެވެ. އަދި ވަޒީރު އިތުރުފުޅު ހައްދަވަނީ ކަމަށްވެސް ހީފުޅުވާ ކަމަށެވެ. މަޖިލީހުގެ ރައީސް ވަނީ މެބަރ ޝަރީފްގެ ވާހަކަ ހުއްޓުވާ އިށީންނެވުމަށް އަންގަވައިފައެވެ. ނަމަވެސް މެންބަރ ޝަރީފު ވަނީ މަޖިލީހުގެ ރައީސް ކަންތައް ކުރެއްވި ގޮތުން ހިތްޕުޅު ނުތަނަވަސްވެވަޑައިގެން ވަރަށް އަޑުގަދަކޮށް ވާހަކަ ދައްކަވައިފައެވެ. ނަމަވެސް މައިކް ކަނޑާލައިފައި ހުރުމުން ދެއްކެވި ވާހަކަ ރަނގަޅަށް ސާފެއް ނުވެއެވެ.
މެމްބަރ އިންތިގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ގުޅިފަޅުގެ ޕްލޭން އެކުލެވިފައިވާ ކަމަށެވެ. އެޕްލޭންގައި 1200 ގޯތި ދޫކުރުމަށް ކަޑައެޅިފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރ އަސްލަމްގެ ވާހަކަ ފުޅު ފުރިހަމަ ނުކުރެއްވެނިސް މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރުގެ ސުވާލަށް ސާފު ޖަވާބެއް ދެއްވުމަށެވެ. އެއީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވާ ޖަވާބެއް ކަމަށެވެ. ޤާނޫނުގައި ބުނާ ގޮތުން ލޭންޑް ޔޫސް ޕްލޭނަކީ ގެޒެޓް ކުރެވި އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު ކުރެވިފައި އޮންނަންޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް މިނިސްޓަރ އަސްލަމް ވިދާޅުވާ ލޭންޑް ޔޫސް ޕްލޭނެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ. އަދި ގެޒެޓްގައި ސާއިޢުކޮށް ފެންނަން ނެތުމުން އެޕްލޭން ވަނީ ޑްރާފްޓަކަށް ކަމަށްވެސް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރ އަސްލަމް ވާހަކަފުޅުދައްކަވަމުން ދަނިކޮށް އެމަނިކުފާނުގެ ވާހަކަފުޅު ތަކުރާރު ކޮށް ހުއްޓުވައި ރިޔާސަތުން ދައްކަވަން ބޭނުންފުޅުވާ ވާހަކަ ދައްކަވައިފައެވެ.
މިނިސްޓަރ ދެއްވި ޖަވާބުތަކުގެ ތެރޭގައި ކުރިންވެސް މަޖިލީހުގެ ދެއްވި ޖަވާބުތައް ހިމެނެއެވެ. ގުޅިފަޅުގެ ޕޭލޭނަކީ ޓްރާފަޓެއް ކަމަށާއި އެ ޑަރާފްޓާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި އެހެނިވެސް އިދާރާ ތަކާ މަޖިލީހުގައި ތިއްބަވާ މާލެ ދާއިރާތަކުގެ މެންބަރުންނާ ވެސް މަޝްވަރާ ކުރެއްވޭނެކަމަށް ވިދާޅުވިއެވެ. މިހާރު ކަނޑައެޅިފައިވާ 1200 ގޯތިޗަށް ވުރެ މަދުނުވާނެ ކަމުގެ ޔަޤީންކަނަށް މިނިސްޓަރ އަސްލަމް ދެއްވިއެވެ. ބަދަލެއް އަންނަމަނަ، ގޯތީގެ ޢަދަދު ވާނީ އިތުރުކަމަށް މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ.