ފާއިތުވި ހަފުތާގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު މަދުވެއްޖެ

ފާއިތުވި ހަފުތާގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު މަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބަށް ބަލާއިރު، މިމަހު 17 އިން 23 އަށް 394 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ މާލެއިން 69 މީހަކާއި އަތޮޅު ތެރެއިން 236 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 89 މީހެކެވެ.

މީގެ އިތުރުން 28 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ވެސް ތަފާސް ހިސާބުބް ދައްކައެވެ.

މިދިޔަ ހަފްތާ 394 މީހުން ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭގެ ކުރީ ހަފްތާ ޕޮޒިޓިވްވެފައިވަނީ 417 މީހުންނެވެ. އޭރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ 35 މީހުންނަށެވެ.

ކޮވިޑްގެ އަލާމަތްތައް ފެންނަ ކަމަށްވާ ނަމަ، ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށާއި އެހެންމީހުންނާ ތިން ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުމަށް އެޗްޕީއޭ އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އަދި ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި ބޭރުގައި އުޅޭ އިރު ވެސް ގިނަ މީހުންނާ ކޮންޓެކްޓް ނުވެ، އާންމުކޮށް ދިމާވާ އެއް ބަޔަކާ ދިމާވުމާއި، ބަބްލް ކުޑަ ކުރުމަށް ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން ވެސް މިހާރުވަނީ ފަށާފައެވެ. އަންގާފައެވެ.

އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. އަދި އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.