ކުރިއަށް އޮތް ދެ ހަފްތާގައި މާލޭގެ ސްކޫލްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް: މިނިސްޓްރީ

އަންނަ އޯގަސްޓު މަހުގެ 9ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 19އަށް މާލޭގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް އަދި ހެލްތު ޕރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ކަމަށް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދަރިވަރުން ހާޒިރުވާން ނުޖެހުނު ނަމަވެސް އެ ދެ ހަފްތާގައި ފިލާވަޅުތައް އޮންލައިންކޮށް ކުރިއަށްގެންދާނެއެވެ. އަދި ބަލިމަޑުކަން ފެތުރޭ ގޮތަށް ބަލައި ދެ ހަފްތާއަށް ފަހު އެ ނިންމުން މުރާޖައާ ކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށް އެތަޖުރިބާއަކީ އެހެން އެއްވެސް ތަނަކުން ލިބެނޭ އެއްޗެއް ނޫންކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މނިސްޓްރީން އެންމެ މުހިއްމު ކަމެއް ދޭނީ ދަރިވަރރުންގެ ސިއްހަތަށެވެ. އެހެން ނަމަވެސް ކޯވިޑް-19ގެ ޙާލަތަށް ރިއާޔަތްކުރާއިރު ދަރިވަރުންނަށް މިވަގުތަށް އެންމެ ރަނގަޅުވާނީ އާއިލާއާއެކު ގޭގައި ތިބުންކަންވެސް ފާހަގަކޮށްފައިވެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.