ފުލުހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ޢަދަދު 67 އަށް އަރައިފި

 ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ރެކޯރޑް ޢަދަދުން އިތުރުވަމުންދާއިރު ފުލުހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ޢަދަދު  ވެސް 67 އަށް އަރައިފިއެވެ. މިއަދު އެކަނިވެސް ހަ ފުލުހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓްރ (އެޗްއީއޯސީ) ގެ މިރޭގެ ޕްރެސް ކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިދިޔަ މަހުވެސް 21 ފުލުހަކު ބައްޔަށް ޕޮޒޮޓިވް ވެފައިވާ ކަމަށެވެ.

މިހާރަކަށް އައިސް ކޮވީޑާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރާ މަސައްކަތްތެރިން ބައްޔަށް ޕޮޒިޓިވްވާ ޢަދަދު ވަނީ އިތުރު ވެފައެވެ. ނުރަސްމީކޮށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ ތެރެއިން ވެސް ގިނަ ބަޔަކު މިދިޔަ މަހުގެ ތެރޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ސިފައިންގެ ޢަދަދުތައް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މާލެ ސަރަޙައްދުގައި ކޮވީޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމާއެކު މާލެ ސަރަޙައްދުގެ އާންމު ތަންތަނުގައި މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފައެވެ. އަދި އެއަމުރާ ޚިލާފަވާ މީހުން ވަނީ 1000 ރުފިޔާއިން ޖުރިމަނާ ކުރަން ފަށައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.