56 ދިވެހިންނާއެކު 77 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް

ރާއްޖެއިން މިއަދު 77 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެއީ 56 ދިވެހިންނާއި 20 ބަނގްލާދޭޝީންނާއި އިންޑިއާ މީހެކެވެ.

މި އަދަދާއެކު ރާއްޖެެިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 3252 އެވެ. މި އަދަދުގެ ތެރެއިން 2534 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. އެހެންވީމާ މި ވަގުތު ފަސޭހަ ނުވެ ތިބި މީހުންގެ ޢަދަދަކީ 688 އެވެ. އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ އަދަދަކީ 451 އެވެ. ބަލީގައި މިހައިތަނަށް ރާއްޖެއިން މަރުވެފައި ވަނީ 15 މީހުންނެވެ. މިހައިތަނަށް ރާއްޖެއިން ނަގައިފައިވާ ސާމްޕްލް ގެ އަދަދަކީ 71974 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.