އިންޑިޔާއިން ސްރީލަންކާއަށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެއް

އިންޑިޔާއިން ސްރީލަންކާއަށް 400 މިލިއަން އެމެރިކާ ޑޮަލަރުގެ ކަރަންސީ ސްވޮޕްގެ ވަސީލަތް ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ. އިންޑިޔާގެ ފަރާތުން ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްބީއައި) އިން ސޮއިކުރި މި ވަސީލަތުގެ ބޭނުން 2022 ވަނަ އަހަރުގެ ނޮވެންބަރު މަހާއަށް ކުރެވޭނެއެވެ.

މި އެއްބަސްވުމާއެކު ކޮވިޑް- 19 ގެ ސަބަބުން ސްރީލަންކާގެ ހީނަރުވެފައިވާ އިގުތިސާދު ކޮޅަށް ޖެހުމަށް އެހީތެރިކަން ލިބިގެން ދާނެއެވެ.

ކަރެންސީ ސްވޮޕަކީ ބަދަލުކުރެވޭ ފައިސާ އެހެން ގައުމެއްގެ ފައިސާއަކުން ދީފައި، އޭގެ އިންޓަރެސްޓް އެހެން ފައިސާއަކުން ދިނުމެވެ. މިއީ ބޭރު ފައިސާއިން މުއާމަލާތް ކުރުމުން އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުން ސަލާމަތްވުމަށް ކުރެވޭ ކަމެކެވެ. އ

އިންްޑިޔާއާއި ސްރީލަންކާ މިހާރުވެސް ދަނީ ސްރީލަންކާއަށް އިިންޑިޔާއިިން ނަގާފައިވާ ލޯނު އަނބުރާ ދައްކާ ތާރީޚު ފަސްކުރުމަށް ވާހަކަދައްކަމުންނެވެ. މިކަމާ ބެހޭ އެންެމެ ފަހު ބުރުގެ ވާހަަަކަަތައް ވަނީ މި މަހުގެ 22 ވަނަ ދުވަހު ބާއްވާފައެވެ. މިކަމަށްޓަކައި އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އާއި މިނިސްޓްރީ އޮފް ފިނޭންސާއި އެކްޒިމް ބޭންކުގެ ވަފުދެއް މިހާރު ދަނީ ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ރިސޯސަސްގެ ބޭފުޅުންނާ މަޝްވަރާކުރަމުންނެވެ.

އިންޑިޔާގެ ރިޒާވް ބޭންކާއެކު ކަރެންސީ ސްވޮޕް އެެއްބަސްވުމަކަށް ދާން ސްރީލަންކާ ސަރުކާރުން ނިންމީ ފާއިތުވި އެޕްރީލް މަހުގެ ތެރޭގައެވެ.

ފާއިތުވި މޭ މަހުގެ 23 ވަނަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސު ގޮތާބޭ ރާޖަޕަކްސަ ވަނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ކަރެންސީ ސްވޮޕަކަށް އެދިވަޑައިގެންފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.