ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މުއައްޒަފު މަސައްކަތުން އެކަހެރި ކޮށްދިނުމަށް އެމްއާރްއެމުން އެދިއްޖެ

Photo credit: sun.mv english

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ އެމް.އާރް.އެމްގެ މެންބަރު މަސައްކަތުން އެކަހެރި ކޮށްދިނުމުން އެމް.އާރް.އެމް އިން ރައީސުލްޖުމުހޫރިއްޔާ އަރިހުން އެދިއްޖެއެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވެނީ އެމް.އާރް.އެމްގެ ސްލޮޓެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުގައި ހުރި އަޙްމަދު ފަޒީލަށެވެ. އެ ޕާޓީގެ ރަސްމީ ޓުވިޓަރ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލަ ބަލައި ނިމެންދެން އަހްމަދް ފަޒީލް މަސައްކަތުން އެކަހެރިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ އަރިހު އެދިފައެވެ.

އަހްމަދް ފަޒީލަށް ޖިންސީފުރައްސާރަ އާއި އަނިޔާގެ މައްސަލައިގައި އަހްަމދު ފަޒީލަށް ތުހުމަތުކޯށް އެ މަައްސަލަތައް މިއަދު ސޯޝަލްމީޑިއާއަށް ތިލަވުމާ ގުޅިގެން އެމް.އާރް.އެމް އިން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. އަދި ޕާޓީގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށްފައިވާ ކަމަށް އެމް.އާރް.އެމް އިން ހާމަކުރެއެވެ.

އެމް.އާރް.އެމް އިން ބުނި ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތާއި އަނިޔާ ފަދަ މައްސަލަތައް އެޕާޓީން  އެއްވެސް ވަރަކަށް ބަލައެއް ނުގަންނާނެއެވެ. އަދި ފަޒީލަށް ކުރެވޭ ތުހުމަތު ތަކާ ގުޅިގެން އެކަމުގަިއ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެ ޕާޓީން ހާމަކުރެއެވެ.

އަހްމަދް ފަޒީލުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަފްސީލެއް އެމްއާރްއެމް އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ސޯޝަލްމީޑިއާގައި އޭނާގެ މައްޗަަށް ތުހުމަތު ކުރެވެނީ ރޭޕާއި އަނިޔާގެ މައްސަލައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.