ބޮޑުފިނޮޅުން ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ފޮޓޯ: ޕޮލިސް މީޑިއާ

މި މަހުގެ 3ވަނަ ދުވަހު ބޮޑުފޮނޮޅުން ހައްޔަރުކުރި 19 ބިދޭސީއެއްގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހައިފިއެވެ. 

ފުލުސް މީޑިއާ އިން ހާމަކުރި ގޮތުގައި މި މީހުންގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހާފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އެގޮތުން މިިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަނަރަ ދުވަސް ޖެހީއެވެ. 

ބޮޑުފިނޮޅުން ބިދޭސީންތަކެއް ހައްޔަރުކޮށްފައި ވަނީ އެރަށުގައި އިހުތިޖާޖުކުރަމުން ދަނިކޮށެވެ.  އެމީހުން އިހުތިޖާޖުކުރީ އެމީހުން ލައްވައި  މަސަައްކަތްކުރުވި ކުންފުނިން މުސާރަ ނުދީ ހަތް މަސް ދުވަސް ވުމުންނެވެ.  އުޖޫރަ ނުދީ އެހާ ގިނަ ދުވަހު މަސައްކަތް ކުރުވުމުން އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށް  13 ދިވެއްސަކު ރަހީނުކޮށް އަދި މުދަލާއި ތަކެއްޗަށް ގެއްލުން ދިނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.