އަންނަ އަހަރުގެ މަސައްކަތް ތެރިންގެ ދުވަސް އަންނަންވާއިރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސައްކަތް ތެރިންގެ މެޖޯރިޓީ ދިވެހިންނަށް ހޯއްދަވައި ދެއްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ނިސްބަތް ހުރި މިންވަރު ދެނެގަނެވިފައިވާ ކަމަށެވެ. މިހާރު ކަނޑައަޅައިފައިވާ މިންގަނޑުގައިވާ 45 އިންސައްތަ އަށްވުރެ ދަށުން ދިވެހި މުވައްޒަފުން ގެންގުޅޭ 59 ރިސޯރޓެއް އޮތްއިރު ކަނޑައަޅައިފައިވާ މިންގަޑާ އެއްގޮތަށް 45 އިންސައްތަ ދިވެހިންނާއި 55 އިންސައްތަ ބިދޭސީން 46 ރިސޯރޓެއްގައި ގެންގުޅޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި 55 އިންސައްތައަށް ވުރެ މަތިން ދިވެހި މުވައްޒަފުން 35 ރިސޯރޓެއްގައި ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
ރިސޯރޓްތަކުގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންގެ ފަރަގު އެންމެ ދަށްވެގެން ބަހަށްޓަންޖެހޭނެ މިންޑަކީ 2012 އަހަރު ނެރެފައިވާ ސާރކިއުލާއަކުން ކަނޑައަޅައިފައިވާ ޢަދަދެކެވެ. މި ނިސްބަތް ދިވެހިންނަށް 51 އިންސަތައަށް އިތުރުކޮށް އެސިނާޢަތުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ދިވެހިންނަށް ހޯދައި ދެއްވައި އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ކުރިން އިޢުލާން ކުރައްވާނެކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. އޭގެ ފަހުން މަސައްކަތް ކުރައްވާނީ އެ ނިސްބަތް 55 އިންސައްތައަށް އިތުރުކުރުމަށް ކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް ފަތުރުވެރިކަމުގައި 55 އިންސައްތައަށް ދިވެހިންގެ ނިސްބަތް އިތުރު ކުރުމަށް 9000 ދިވެހިން ބޭނުންވާނެކަނަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމަށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ ޕްރޮގަރާމްތައް ރާއްވަވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިންނަށް ފަތުރިވެރިކަމިގެ ސިނާޢަތުގެ މެޖޯރިޓީ ހޯއްދަވައި ދެއްވުމާއެކު ރިސޯޓްތަކުގެ މެދު ފަންތި އާއި މަތީފަންތީގެ މަޤާމުތަކުގައި ދިވެހިންގެ ނިސްމަތް އިތުރުކުރުމަށް ވެސް މަސައްކަތް ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުރިކަމުގެ ފަސްވަނަ މާސްޓަރ ޕަލޭނުގައި އެކަމަށް ވަރަށް ބޮޑަށް މަގު ފަހު ކުރެވިގެން ދާނެކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އަނެހެނުން ފަތުވެރިކަމުގެ ދާއިރާގައި އިތުރުކުރުމަށްވެސް ފަސްވަނަ މާސްޓަރ ޕްލޭނުން މަގުފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ.
ފަތުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަމުން ދާނީ ސިނާޢަތުގެ ތަޖުރިބާ ކާރުންކަމަށް ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ. ޑަބްލިޔޫޓީއޯހެ ކޮންސަލްޓެންޓަކާއި ކައުންޓަރ ޓެރެރިޒަމާ ގުޅޭ ކޮންސަލްޓެންޓެއް ފިޔައި މާސްޓަރ ޕަލޭންގެ އެކުލަވާލުމުގައި ޙަރަކާތްތެރި ވާނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ދިވެހިންކަން ފާހަގަ ކުރެއްވިއެވ