އިނގިރޭސިވިލާތުގައި ވަޅިން ހަމަލާދީ 3 މީހުން މަރާލައިފި

ރެޑިންގގެ ފޯބަރީ ގާޑަންސް

އިނގިރޭސިވިލާތުގެ ރެޑިންގގެ ޕާކެއްގައި ވަޅިން ހަމަލާދީ 3 މީހުން މަރާލައި، 3 މީހުން ވަރަަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

ޓޭމްސް ވެލީ ފުލުހުން ނެރުނު ބަޔާނެއްގައި ވާގޮތުން ފޯބަރީ ގާޑަންސްގައި މި ހަމަލާދީފައި ވަނީ ރޭ 7 ޖެހިއިރު (ރާއްޖޭ ގަޑިން ރޭ 11 ޖެހިއިރު) އެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައި ވާއިިރު، އުމުރުން 25 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކުން ޚަބަރުދީފައިވާ ގޮތުގައި ހައްޔަރު ކުރެވުނީ ލީބިޔާ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާއަކީ ޓެރަރިޒަމްެެގެ އަމަލެއް ކަމަށް ފުލުހުން އަދި ނުބަަލައެވެ. އެހެންނަމަވެސް، ތަހުގީގު ކުރިއަށް ގެންދަނީ އެކަމަށްވެސް ވިސްނައިގެންނެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ވަޅިން ހަމަލާދިން މީހާ އެ އަމަލު ހިންގުމުގެ ކުރިން ކޮން އެއްޗެއްކަން ސާފުނުވާ އެެއްޗެހިތަކެއް ކިޔެވެ.

"މި ހަމަލާއާމެދު މިހާރު މުއާމަލާތް މި ކުރަނީ ޓެރަރިޒަމްެެގެ އަމަލެއްގެ ގޮތުގައެއް ނޫން...... އާއްމުންނަށް އިތުރު ނުރައްކަލެެއް އޮތްކަން ދޭހަކޮށްދޭ އެއްވެސް ޖާސޫސީ މައުލޫމާތެއް ލިބިފައެއް ނެތް. އެހެންނަމަވެސް، އަހަރުމެން އާއްމުންގެ ކިބައިން އެދެނީ ސަމާލުވެ ތިބުމަށް. އަދި ޝައްކުކުރެވޭ އެެއްވެސް ކަމެއް ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް." ފުލުހުންެގެ ޑިޓެކްޓިވް ޗީފް ސުޕްރިންޓެންޑެންޓް އިއާން ހަންޓަރ ވިދާޅުވިއެވެ.

2 ލައްކަ 30 ހާސް މީހުންގެ އާބާދީއެެއް އޮންނަ ރެޑިންގއަކީ ލަންޑަނުގެ އިރު ދެކުނަށް އޮންނަ ތާރީޚީ ރަށެކެވެ. ރަށުގެ އާބާދީ ތިންބައިކުޅަ އެއްބަޔަކީ ބޭރު ގައުމުތަކުން ހިޖުރަކޮށްފައިވާ އާއިލާތަކުގެ މީހުންނެެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ދުކުނު އޭޝިޔާ، އެފްރިކާ އަދި ޗައިނާއަށް ނިސްބަތްވާ އާއިލާތަކެެވެ.

2107 ވަނަ އަހަރު އިނގިރޭސިވިލާތުގައި ވަޅިން ހަމަލާދިނުމުގެ ހަތަރު ހާދިސާއެއްގަައި 36 މީހުން މަރުވެފަައި ވެއެެވެ. އޭގެ ތެރެއިން މެންޗެސްޓަރ ގައި އޮތް ލަވަކިޔުންތެރިޔާ އެެރިއާާނާ ގްރޭންޑްގެ ލައިވް ޝޯއަަކަށް ދިން ހަމަލާއާއި، ލަންޑަން ބްރިޖްގައި ދިން ހަމަލާ ފާހަގަކޮށްލެވެއެެވެ. މިއީ ސަރުކާރުން ޓެރަރިސްޓު ހަަމަލާތަކެއް ކަމަށް ބުނެފައިވާ ހަމަލާތަކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.