ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު 100 އަށް ވުރެ މައްޗަށް

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ. މިހާތަނަށް ރާއްޖެއިން  108 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިމިއަދު އެކަނިވެސް ރާއްޖެއިން ވަނީ 23 ޕޮޒިޓިވް ކޭސް ފެނިފައެވެ. 

މިއަދު ފުރަތަމަ އިޢުލާން ކުރީ 9 މީހަކު ޕޮޒިޓިވް ވި ކަމަށެވެ. އެއީ 4 ދިވެހިންނާއި، ބަންގްލަދޭޝްގެ 5 މީހެކެވެ. މި ޢަދަދު ތަކާއެކު މާލެއިން ޕޮޒިޓްވި ކޭސްގެ ޢަދަދުވަނީ 88 އަށް އަރާފައެވެ. ނަމަވެސް މިހާރު ޕޮޒިޓިވް ކޭސް ތަކުގެ ތެރެއިން އެއް ކޭސް ކެންސަލް ކޮށްފައެވެ. ކެންސަލް ކޮށަފައިވަނީ 26 ވަނަ ކޭހެވެ. އެހެންކަމުން އަސްލު ޖުމުލަ ޢަދަދަކަށް ވާނީ 107 ކެވެ. އަދި މާލެއިން ޕޮޒިޓިވް މީހުންގެ ޢަދަދު ވާނީ 87 ކަމަށެވެ. 

މިއަދު 9 ކޭސް އިޢުލާން ކޮށްފައި ވަނީ ޕޮޒިޓިވް ކޭސްއެއް އިޢްލާން ނުކުރާ 24 ގޑީއިރަށް ވުރެ ގިނައިރުފަހުންނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން މިރޭ އިޢްލާންކުރި 14 ކޭހަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓް ހެދި ޕޮޒިޓިވް ވެފައިވާ މީހުންކަމަށް މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވިއެވެ. މިހާތަނަށް 1675 ކޮންޓެކްޓް ފާހަގަ ކުރެވިފައިވާކަމަށް ވެސް އެންއީޯސީ އިން މިރޭ ވިދާޅުވިއެވެ. 

ވޭތުވެ 24 ގަޑީއިރު 4 ބިލްޑިންގެއް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. އެތަންތަނާ އެކު ޖުމުލަ217 ތަނެއް މޮނިޓަރިންނަށް ގެނެވިފައިވާ ކަމަށް  މިރޭގެ ޕްރެސް ކޮންފަރެންސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒިީޒު ވިދާޅުވިއެވެ. 189 މީހަކު ކަރަންޓީން ފެސިލިޓީތަކަށް ލެވިފާއިރު އައުސޮލޭޝަންގައި ތިބީ 1546  މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. 



ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.