ސީއެސްސީގެ މެމްބަރުކަމުން އާމިރާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި މިއަދު އިޢްލާންކުރަނީ

މި ސަރުކާރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އައްޔަން ކުރައްވާފައިވާ ފާތިމަތު އާމިރާ މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފޮނުވައިފައިވާ މައްސަލަ މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގެ ތަޅުމަށް އިއްވުމަށް އެޖެންޑާ ކުރައްވައިފިއެވެ.

ޤަވާއިދުގައި ބުނާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު މަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ރައީސް އެކަން މަޖިލީހުގެ ޖަލްސާއެއްގައި އިޢުލާންކޮށް އެމައްސަލަ މަޖީހުގެ ކޮމެޓިއަކުން ނިންމުމަށްމަފު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފާސްވުމުންނެވެ.

އާމިރާ ނުހިމެނޭގޮތަށް ސީއެސްސީގެ ދެން ތިބި ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިން ވަނީ އެކޮމެޓީން ފަށައިފައެވެ. އެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަވަނީ އެ މެމްބަރުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުމެއް ނުލިބޭކަމަށް ވިދާޅުވެއެވެ. މިސަރުކާރުން އައްޔަންކުރެއްވި މެމްބަރަކަށް ވެގެން އާމިރާގެ މައްސަލަވެސް ކުރިއަށް ނުގެންދަންޖެހޭ ސަބަބެއްނެތްކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި އާމިރާ ކޮމެޓީގައި އިތުރުފުޅު ހެއްދެވި ކަމުގެ ތުހުމަތުވެސް ބައެއް މެމްބަރުން ކުރެއްވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުން ވެސް މަޤާމުން ވަކިކުރުމުގެ މައްސަލައެއްގެ މަސައްކަތް ވެސް މަޖިލީހުން ދަނީ ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.