ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ 16 ވަރަކަށް ސަރަޙައްދެއް ހިމާޔަތްކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ 16 ވަރަކަށް ސަރަޙައްދެއް ހިމާޔަތްކޮށްފިއެވެ. ހިމާޔަތް ކޮށްފައިވަނީ ހއ. އާއި ހދ. އާއި ށ. އާއި ނ. އަތޮޅު ހިމެނޭ ގޮތަށް 16 ވަރަކަށް ސަރަޙައްދެކެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ މެނޭޖްމަންޓް ޕޭލޭން މިއަހަރު ކުރީކޮޅުފަށަފައިވާކަމަށެވެ. އެތަންތަން ޢަމަލީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީ ކޮޅު ފެށިގެން ދާނެކަމަށެވެ.

ވަޒީރު ފާހަހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްރަށާއި އެއްފަޅާ ފަރުގެ ނިޒާމު ނުވަތަ ކުޅިފާ ޗަސްބިންފަދަ ތަންތަން ހިމާޔަތް ކުރެވިފައިވާ ތަންތަނުގެގޮތުގައި ކަނޑައެޅުމަކީ ސަރުކާރުން ވެފައިވާ ވަޢުދެކެވެ. އެވަޢުދުގެ ދަށުން އިތުރު ހަތަރު އަތޮޅެއްގެ ސަރަޙައްދުތަކެއް ހިމާޔަތްކުރެވޭ ސަރަޙައްދުތައް ކަނޑައެޅުމުގެ ސާރޭވެތައް މިއަހަރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެމަސައްކަތް ހުއްޓިފައިވާކަން ފާހަގަ ކުރެއްވިއެވެ. ހިމާޔަތްކުރުމަށް މިއަހަރު ސާރވޭކުރުމަށް ނިންމައިފައިވަ ރ،ބ،ޅ،ކ އަތޮޅެވެ. މިހަތަރު އަތޮޅުގެ އިތުރުން އ އަތޮޅުވެސް މިއަހަރު ސާރވޭ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މިއަތޮޅުތަކުގެ ސާރވޭގެ މަސައްކަތް ނިމި ހިމާޔާތްކުރެވިފައިވާ ތަންތަން ކަނޑަ އެޅުމުން ރާއްޖޭގެ ހިމާޔަތްކުރެވުފައިވާ ތަންތަން އިތުރުވެގެންދާނެކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހިމާޔަތްކުރެވިފައިވާ ތަންތަނުގެ މެނޭޖަމަންޓް ޕޭލޭންތައް އެކުލަވާލުމަށް ވެސް މާލީ އެހީތެރިކަން ބޭނުން ވާނެކަން ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ  ނަމަވެސް އެކަންކަމަށް މާލީ އެހީތެރިކަން ލިބުމުގައި ކޮވިޑާ ގުޅިގެން ދަތިތަކެއް ކުރިމަތިވާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަންކަމަށް ހިތްވަރާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަށް ވެސް ތިމާވެށްޓާ ބެހޭ ވަޒީރު ދެއްވިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަކަކީ ގޮންޖެހުންތައްހުރި މަސައްކަތްތެއްކަން ފާހަގަ ކުރައްވައި ވަޒީރު ވުދާޅުވީ ގޮން ޖެހުންތަކާއެކުވެސް އެމަސައްކަތްކުރިއަށް ގެނަދަވާނެކަމަށެވެ. ރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ހިމާޔަތްކުރެވި ޖަޒީރާވަންތަ ރާއްޖެއެއެގެ ގޮތުގައި ރާއްޖެ ކުރިއަށް ޖީލުތަކަށް ގެންގޮސްދިނުމުގެ މުހިންމު ކަންފާހަގަ ކުރައްވައި އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

އައްޑުއާއި ފުވައްމުލަކުގެ ސަރައްދުތަކެއް މިއަހަރު ނިމުމުގެ ކުރިން ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވްގައި ދަރަޖަކުރުމަށް ވެސް މަސައްކަތްކުރައްވަމުންދާކަމަށް ވަރީޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ 13 ރިޒޯޓެއްގެ ފަރުގެ ނިޒާމްވެސް ހިމާޔަތްކޮށް ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ދަރަޖަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.