ފަންޑަށް ލިބުނު1.3 މިލިއަން ރުފިޔާގެ 85 އިންސައްތަ ބިދޭސީންގެ ކޮއްތަށް

ފަންޑަށް ލިބުނު1.3 މިލިއަން ރުފިޔާގެ 85 އިންސައްތަ ހޭދަކުރާނީ ބިދޭސީންގެ ކޮއްތަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ބިދޭސީންނަށް އެހީވުމަށް ހުޅުވާލި ފަންޑަށް މަސްދުވަހުގެ ތެރޭގައި 1.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. . "މައިގްރަންޑްސް ރިލީފް ފަންޑް" ގެ ނަމުގައި ދިވެހި ރެޑް ކްރެސެންޓުން ބިދޭސީންނަށް އެހީވުމަށް ފަންޑެއް ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. މިފަންޑު ހުޅުވާލީ ކޮވިޑް ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މަސްދުވަހުގެ ތެރޭގައި ފަންޑަށް ޖަމާވެފައިވާ ޖުމުލަ ފައސާގެ ޢަދަދަކީ 1،374،745.79 ރުފިޔާއެވެ. ފަންޑަށް ލިބިފައިވާ ފައިސާގެ 85 އިންސައްތަ ހާލުގައި ޖެހިފައިވާ ބިދޭސީންގެ ކޮށްތަށް ހޭދަކުރުމަށް ނިންމައިފައިވާއިރު 10 އިންސައްތަ ހޭދަކުރުމަށް ނިންމައިފައިވަނީ  ހައިޖިން ޕްރަމޯޝަންގެ ޙަރަކާތްތަކަށެވެ. އެހީގެ ބާކީ ފަސް އިންސައަތަ ކަނޑައަޅައިފައި ވަނީ އިދާރީ ކަންކަމަށެވެ.

ރެޑް ކްރެސެންޓުގެ  މައިގްރަންޓް ސަޕޯޓް ސެންޓަރުން ދަނީ 3600 އެއްހާ ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އާންމުންގެ އެހީ ތެރިކަމާއެކު އެއްލައްކައަށްވުރެ ގިނަ މީލްޕެކް ބިދޭސީންނަށް ރެޑްކުރެސެންޓުން ވަނީ ފޯރުކޮށްދީފައެވެ. އަދި ސައިބޯނި، ޝޭމްޕޫ، ތުވާލި، ދަތް އުނގުޅާ ބުރުސް އަދި ބޭސް ފަދަ ތަޖެކި ހިމެނޭ 550 ހައިޖީން ކިޓްސް ވެސް ބިދޭސީންނަށް މިހާތަނަށް ފޯރުކޮށްދީފައިވާ ކަމަށް ރެޑް ކްރެސެންޓު ބުނެއެވެ.

ޚަބަރު: ރެޑް ކްރެސެންޓް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.