ކޯވިޑާ ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ދީފައިވާ އޮފަރ ތަކުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އުރީދޫ އިން ހާމަކުރި ގޮތުގައި ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް ޑޭޓަ އެކްޓިވޭޓުކުރާ ކޮންމެ ޕެކޭޖަކަށް 50 އިންސައްތަ ޑޭޓާ އިތުރަށް ލިބޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަޜުންނަށް ޖޫންމަހުގެ ނިޔަލަށް ހިލޭ 25 އިންސައްތަ ޑޭޓާ އަދި ސުޕަރނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެއެވެ. އަދި ސުޕަރނެޓު ނަގާފައިވާ ކަސްޓމަރުންގެ ސުޕަރނެޓު ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން އެޕް މެދުވެރިކޮށް އެދުވަހަކަށް ލިބޭ 5ޖީބީ ޑޭޓާ އެކްޓިވޭޓްކުެރވޭނެއެވެ.
މީގެ އިތުރުން އަލަށް ފަސޭހަ މިނީ ނަގާ ކަސްޓަމަރުންނަށް ޖޫން މަހަށް 50އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެއެވެ. އަދި އެމް--ފައިސާ މެދުވެރިކޮށް ސުޕަރނެޓު، ޕޯސްޓެޕެއިޑް އަދި ފަސޭހަ ބިލް ދައްކާ ފަރާތްތަކުގެ އެމްފައިސާ ވޮލެޓަށް ބިލުގެ ފަހެއް އިންސައްތަ އަނބުރައި ޖަމާކުރެވޭނެއެވެ. އޫރިދޫ އިން މިގޮތަށް ނިންމާފައިވަނީ ކޯވިޑްގެ ދަތިތަކާ ހުރެ އެއްވެސް ކަސްޓަމަރަކަށް މެދުކެނޑިޔަ ނުދީ ޚިދުމަތް ފޯރުކޯށްދިނުުމުގެ މަގްސަދުގައެވެ.
އުރީދޫ އިން ކަސްޓަމަރުންނަށް ދީފައިވާ ހުށަހެޅުންތަކަކީ ކޯވިޑާ ގުޅިގެން ކަސްޓަމަރުންގެ ދިރިއުޅުމަށް އައި ބަދަލުތަކަށް ލުޔެއް ހޯދައި ދިނުމުގެ މަގްަސަދުގައި މާޗް މަހުން ފެށިގެން ދޭ އޮަފަރ ތަކެކެވެ.