މިނިސްޓްރީގެ ހުއްދަޔާ އެކު އަންނަ ހަފްތާގައި މާލެ ސަރަހައްދުގެ ބައެއް ވިޔަފާރިތައް ހުޅުވައިލާނެ 

ފުރަބަންދުގެ ލުއިތަކާކާއެކު މިނިސްޓްރީގެ ހުއްދައެއް ލިބިގެން މާލޭ ސަރަހައްދުގެ ބައެއް ވިޔަފާރިތައް ހުޅުވައި ޚިދުމްތަދޭން ހުއްދަ ލިބޭނޭ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ވިޔަފާރިތައް ހުޅުވަން ހުއްދަ ދޭނީ މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓުންނެވެ.  ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން މާސްކް އަޅަންޖެހޭ ގޮތަށް އުސޫލު ވަނީ ހަމަޖައްސައިފައެވެ. މީގެއިތުރުން ކަސްޓަމަރުން ވައްދަން ޖެހެނީ ގައިދުރުކަން ބެހެއްޓޭ ވަރަށެވެ. އަދި ޤަވާއިދުން ފިހާރަ ސާފުކޮށް، ވިޔަފާރި ކުރުމުގައި ފައިސާ ބޭނުންނުކޮށް ޕޭމެންޓް ހެދުމަށާއި، ފިހާރައިގައި ހުންނަ ތަކެތީގައި ކަސްޓަމަރުން އަތް ނުލުމަށް ވެސް ވަނީ އަންގާފައެވެ. 

ވިޔަފާރި ކުރުމަށް ހުއްދަ ލިބޭނީ ހަމައެކަނި ސުޕަމާކެޓްތަކަށާއި، ބޭކަރީތަކަށާއި، އާއްމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކަށާއި، ފާމަސީތަކަށާއި، ދިވެހި ބޭސް ވިއްކާ ފިހާރަތަކަށާއި، ބުކްޝޮޕްތަކަށާއި، ސްޓޭޝަނަރީ ޝޮޕްތަކަށާއި، ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތަކަށާއި އަދި ހާޑްވެއާރ ފިހާރަތަކަށެވެ. 

އޮންލައިން ޑެލިވަރީއަށް ހުޅުވޭނީ މޯބްއިލް ފޯން ވިއްކާ ފިހާރަތަކާއި، ކޮމްޕިއުޓަރު ސާމާނު ވިއްކާ ފިހާރަތަކާއި، ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތަކާއި އަދި އަންނައުނު، ފޮތި، ފައިވާން އަދި ކުޅިވަރު ސާމާނު ވިއްކާ ފިހާރަތަކެވެ.

ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ހުޅުވޭނީ މުދާ ކްލިއަކޮށް ޑެލިވަރކޮށްދޭ ސާވިސްތަކާއި، ވަކި މިންގަނޑުތަކެއްގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި، އުޅަނދުފަހަރު ރިޕެއަރކުރާ ވޯކް ޝޮޕްތަކާއި މޯބައިލް ފޯނު އަދި އިލެކްޓްރޯނިކްސް ރިޕެއަރ ކުރާ ތަންތަނުގެ އިތުރުން ގޭގެއަށް ބޭނުންވާ މަރާމާތުތަކާއި ތަކެތި އިންސްޓޯލް ކުރާ ތަންތަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.