އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ހުއްޓާލަން ނިންމައިފި

ކޯވިޑް ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ހުއްޓާލަން ނިންމާފައިވާ ކަމަަށް އެންއީއޯސީއިން ހާމަކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުވައި އެންއީއޯސީގެ ތަރުޖަމާނު ވިދާޅުވީ ޓެގް ޓިމުން މިގޮތަށް ނިންމެވީ އުމުރުން ދުވަސްވީ މީހުން އެކަމާ ކޮންމެވެސް ވަރަކަށް ދެކޮޅު ހަދާރީ ކަމަށެވެ. އަދި އެމީހުންގެ އާއިލާއިން ވެސް އެކަމަށް ކޮންމެވެސް ވަރަކަށް ދެކޮޅު ހަދަމުންދާތީ ކަމަށެވެ.

ޓެގްގެ ފަރާތުން އެންމެ ފުރަތަމަ ލަފާދެއްވީ އުމުރުންދުވަސްވީ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ސާމްޕަލް ނެގުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ 350 މީހުންނެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި އެމީހުންގެ އާއިލާތަކުން މިކަމުގައި މާބޮޑު އެއްބާރުލުމެށް ނުދޭތީ 5 އިންސައްތަ މީހުންގެ ސާމްޕަލް ނެގުމަށް ނިންމި ކަމަށެވެ. އެއީ ގާތްގަނޑަކަށް 170 މީހުންނެވެ. އެހެންނަމަވެސް ސާމްޕަލް ނެގިފައިވަނީ 105 މީހެއްގެއެވެ. މީގެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ

ޓެގް ޓީމުގެ ލަފަޔާއެކު ސާމްޕަލް ނެގުން ހުއްޓާލި ކަމުގައި ވިޔަސް ކޯވިޑް ޖެހިފައިވާ މީހަކާ ސީދާ ދިމާވާ މީހުން ފާހަގަކުރެވޭ ނަމަ، ދެކޮޅު ހެދިނަމަވެސް ސާމްޕަލް ނަގާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.