ފުރަތަމަ ނިޔާވި މީހާގެ މައްސަލަ ބެލިއިރު ބައެއް ކަންކަން ލަސްވެފައިވާކަން ފާހަގަކުރެވޭ: ޑރ. ނަޒްލާ

ރާއްޖެއިން ކޯވިޑް ޖެހިގެން ފުރަތަމަ ނިޔާވީ މީހާގެ މައްސަލަ ބެއްލެވުމުން ބައެއް ކަންކަން ލަސްވެފައިވާކަން ފާހަގަކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ. މި މައްސަލަ ބެއްލެވީ މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަނުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ  ނިޔާވި މީހާގެ ސާމްޕަލް ނެގުން ލަސްވުމާއި ސާމްޕަލްގެ ނަތީޖާ ލިބުމުގައި ލަސްވެފައިވާ ކަން ކިޔު.އައި.ޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ރިޕޯޓުގައި ރަނގަޅުކުރަންޖެހޭ އިތުރު ކަންކަން ފާހަގަކޮށްފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން ކޯވިޑްގެ އަލާމާތެއް ފެނިއްޖެނަމަ އެމީހެއްގެ ސާމްޕަލް އަވަހަށް ނެގުމާއި ސާމްޕަލްގެ ނަތީޖާ ލިބުން އަވަސްކުރުމަށް ސަމާލުކަން ދިނުމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 1676 އަށް އަންނަ ކޯލުތަކަށް ވެސް އަވަހަށް އެޓެންޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރިޕޯޓުގައި ފާހގަކޮށްފައިވާ ކަންކަމަށް ސަމާލުކަންދީ އެގޮތަށް އަމަލުކުރާނެ ކަމަށެވެ. އަދި ބަލީގެ އަލާމާތް ހުރި އެ އުމުރުގެ މީހަކު ފާހަގަކުރެވިއްޖެނަމަ އެފަދަ މީހަކު އަވަހަށް އެކަހެރި މަރުކަޒަކަށް ގެންދިއުމުގެ މަސައްކަތްކުރައްވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލި މިހާ ނިޔާވުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ކަމަށް ރިޕޯޓުގައި ފާހަަގަކޮށްގައިނުވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.