މާލެ ތެރެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

މާލެ ފަޅުތެރެ: ފޮޓޯ ސޯޝަލް މީޑިއާ

މާލެ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މާލޭ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.

މިމީހާޔާއެކު ރާއްޖެއިން ޕޮޒިޓިވްވީ ދިވެހިންގެ އަަދު ހަޔަކަށް އެރީއެވެ. ޕޮޒިޓިވްވި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެއިން ފެނުނު މީހާ ރާއްޖެއިން ބޭރަށް ދިޔަކަމެއް އެނގިފައެއް ނެތެވެ. މާލެއަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ، ތޮއްޖެހިފައިވާ ރަށަކަށް ވާތީ ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު މިހާރު ހުޅުވުނީއެވެ. ކަމާބެހޭ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބަައި ގެއިން ނުނުކުމެ ތިބުމާއި ގައިގޯޅިވުން ހުއްޓައިގެން ތިބިއްޔާ ނޫނީ މުޅި ރަށަށް ބަލި ފެތުރި ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.