ސީޝެލްސް އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގަ މައްޗަށް ރައީސް ވާހަކަފުޅު ދައްކަވައިފި

ފޮޓޯ: ރައީސް އޮފިސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ސީޝެލްސް އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެ އާއި ސީޝެލްސް އާއި ދެމެދުގެ ގުޅުމުގެ މައްޗަށް ބައްލަވައި ވާހަކަ ދައްކަވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ޝަރަފުގައި ސީޝެލްސް ގެ ރައީސް ރައީސް ޑެނީ ފައުރެ ރޭ ދެއްވި ޚާއްސަ ހަފުލާ އެއްގައި ވާހަކަ ދައްކަވަމުން ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސް ވުމުގެ މައްޗަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާ ލެއްވިއެވެ. އޭގެތެރޭގައި މަސްވެރިކަން، އިގްތިސާދު، ވޮކޭޝަނަލް ޓްރެއިނިންގ، ދެގައުމުގެ ޚާރިޖީ ގުޅުން، ޓުވަރިޒަމް ތަރައްޤީ ކުރުން، މޫސުމީ ބަދަލްތައް ހިމެނެއެވެ. އަދި ދެގައުމުގެ ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން  މިހާ ފުޅާ ދާއިރާ އެއްގައި މިކަންތައްތަކަށް އެއްބަސް ވެވުނުކަމަށް ޓަކައި ރައީސް ޑެނީ ފައުރެ އާއި ސީޝެލްސް ގެ ސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރެއްވިއެވެ.

ސީޝެލްސް އަކީ މިނިވަން ދައުލަތެކެވެ. އާބާދީ އަކީ 97،739 އެކެވެ. މީގެ ތެރޭގައި މުސްލިމުން ހިމެނެނީ އެންމެ %1 އެވެ. 115 ރަށުގެ މައްޗަށް އެކުލެވޭ މި ޤަައުމުގެ އެންމެ ބޮޑު ރަށަކީ ވެރި ރަށް ވިކްޓޯރިއާ އެވެ. ވިކްޓޯރިއާގެ އާބާދީ އަކީ 25،000 އެވެ. މައިގަޑު މަސައްކަތަކީ މަސްވެރިކަމާއި ޓުވަރިޒަމް އެވެ.  

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.