މުޞީބާތް ޖައްސަވައި ހަލާކުކުރެއްވި ގައުމުތަކުގެ ތެރެއިން: (1) ނޫޙުގެފާނުގެ ގައުމު

ސަލާމްެލެއްވި ނޫޙުގެފާނަކީ ސަލާމްލެއްވި އާދަމުގެފާނުގެ ޝީޘުގެ ދަރިކޮޅުން ވަަޑައިގަތް ނަބީބޭކަލެކެވެ. އަދި ސަލާމްލެއްވި އިދްރީސުގެފާނަށް ހޫރުކާފަ ވިދާޅުވާ ބޭކަލެކެވެ.

ތާރީޚު އިލްމުވެރިން ވިދާޅުވާ ގޮތުގައި ނޫޙުގެފާނުގެ ގައުމަކީ މާތް ﷲ އެއްކައުވަންތަކުރުން ދޫކޮށްލައި، ބުދަށް އަޅުކަންކުރަން ފެެށި ފުރަތަމަ ގައުމެވެ. ބުނެވޭ ގޮތުގައި ވުއްދު، ސުވާޢު، ޔަޣޫޘު، ޔަޢޫޤު އަދި ނަސްރަކީ އަޅުވެރި ބޭކަލުންނެވެ. އެބޭކަލުން އަވަހާރަވުމުން ގައުމުގެ މީހުން އެބޭކަލުންގެ ބުދު ހެދީއެވެ. އެބޭކަލުން ހަނދާންކޮށް މާތް ﷲއަށް އަޅުކަންކުރުމުގެ މަގުސަދުގައެވެ. ފަހުން އައި ޖީލުތަކުން ސީދާ އެބުދުުތަކަށް އަޅުކަންކުރަން ފެށީއެވެ.

އެބައިމީހުން މިގޮތަށް މަގުފުރެދިގެން ދިއުމުން އެބައިމީހުންނަށް ތެދުމަގުދެއްކެވުމަށް އެބައިމީހުންގެ ގާތަށް ރަަސޫލެއްގެ ގޮތުގައި މާތް ﷲ ނޫޙުގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނަކީ މިގޮތަށް ގައުމަކަށް ފޮނުއްވި ރަސޫލާއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ * قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ * أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوح ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قوم ގެމީހުންނަށް إنذار ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ. * އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ. * (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!) (ނޫޙު: 1-3)

ނޫޙުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި އެއްވެސް ރަސޫލުބޭކަލަކު ހޭދަނުކުރައްވާހާ ދިގު މުއްދަތެއް ހޭދަކުރެއްވިއެެވެ. އެކަލޭގެފާނު ވަނީ ގައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު ހޭދަކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެެވެ. ﴿وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دين އަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ.) (އަލްޢަންކަބޫތު: 14)

ނޫޙުގެފާނު މި ދިގު މުއްދަތުގައި އެބައިމީހުންނަށް ދީނަށް ގޮވައިލެއްވުމުންވެސް އެބައިމީހުން އެކަލޭގެފާނަށް އިޖާބަނުދިނެެވެ. މަދު ބަޔަކު ފިޔަވައެވެ. އެބައިމީހުން އެކަލޭގެފާނަށް ކުރީ ފުރައްސާރައެެވެ. ދިޔައީ އެކަލަޭގެފާނާ ދުރަށެވެ. ނޫޙުގެފާނު މާތް ﷲގެ ޙަޟްރަތުގައި ދެންނެވި ދެންނެވުން ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރެއްވިއެެެވެ. ﴿قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا * فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا * وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا﴾ (އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. * ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) * އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ.) (ނޫޙު: 5-7)

އެކަލޭގެފާނު ވަނީ މާތް ﷲ އެބައިމީހުންނަށް ދެއްވި ނިޢުމަތްތައް އެބައިމީހުންނަށް ހަނދުމަކޮށްދެއްވާފައެވެ. އަދި އެބައިމީހުން އީމާންވެއްޖެ ނަމަ އެބައިމީހުންނަށް ދެއްވާނެ ނިޢުމަތްތައް ބުނެދެއްވާފައެވެ. އެހެންނަމަވެސް އެބައިމީހުން ބޭނުންވީ ބުދުތަކަށް އަޅުކަންކުރުމުގައި ދެމިތިބޭށެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا * وَقَدْ أَضَلُّوا۟ كَثِيرًا ۖ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا ضَلَـٰلًا﴾ (އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ! * އަދި ހަމަކަށަވަރުން، އެއުރެން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެދުން ނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!) (ނޫޙު: 23-24)

ގައުމުގެ މީހުން ގޮތް ދޫނުކުރުމުން އެބައިމީހުން ނެތިކުރެއްވުން އެދިވަޑައިގެން ނޫޙުގެފާނުގެ އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ. ﴿وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا * إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًا كَفَّارًا﴾ (އަދި نوح ގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ! * ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفر ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ. (ނޫޙު: 26-27)

ދެން މާތް ﷲ އެ ގައުމުގެ މައްޗަށް ފޮނުއްވި މުޞީބާތަކީ މިބިންމަތީގައި އެއްވެސް ޤައުކަމަށް ނޮފުނުއްވާފަދަ މުޞީބާތެކެވެ. ވަރުގަދަ ޠޫފާނެއް ފޮނުއްވައި އެންމެން ޣަރަގުކުރެއްވީއެވެ. އެކަލޭގެފާނަށް އީމާންވި މީހުން ފިޔަވައެވެ. ފަހުން އަންނަ ބަޔަކަށް ހުރި އިބުރަތެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿فَأَنجَيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ * ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ * إِنَّ فِى ذَ‌ٰلِكَ لَءَايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ﴾ (ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. * ދެން ތިމަންރަސްކަލާނގެ އެއަށްފަހު ތިބި އެންމެން غرق ކުރެއްވީމެވެ. * ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއް ވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެއެވެ.) (އައްޝުޢަރާއު: 119-121)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.