ވޯލްޑް ހެލްތުު އެސެމްބްލީ: ދިވެހި ވަފްދުގެ އިސްވެރިއަކަށް ހުންނެވީ މިނިސްޓަރ އަމީން

ޑަބްލިއުއެޗްއޯގެ ފަރާތުން ކުރިޔަށް ގެންދާ 73 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވެރިވާ ވަފުދުގެ އިސްވެރިޔަކަށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއެވެ. އެމަނިކުފާނާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ކޯވިޑް-19 އާއި ގުޅިގެން ފަންނީ ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންއިން މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އިސް ބައެއް ވެރިން މި އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުން މިއަހަރު ކުރިއަށް ގެންދަނީ އޮންލައިންކޮށް ވާރޗުއަލް ޕްލެޓްފމެއްގައެވެ. މިއީ ވާރޗުއަލްކޮށް މި އެސެމްބްލީ ބާއްވާ ފުރަތަމަ ފަހަރެވެ. 

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ ޑަބްލިއު އެޗްއޯ އިން ކުރިޔަށް ގެންދާ މި އެސެންބްލީގައި، "ކޮވިޑް-19 އީޖާބު" އަށް ޤައުމުތަކުގެ ވަޒިރުންނާއި ޙާއްސަ މަންދޫބުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ މާހިރުން ތަގުރީރު ކުރައްވާނެއެވެ. މިރޭގެ ވަގުތެއްގައި ރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓަރު އަމީން ތަގުރީރު ކުރައްވާނެއެވެ. މި ބައްދަލުވުން ނިމިގެން ދާނީ ކޮވިޑް-19 އާއި ބެހޭގޮތުން ސިއްހަތާއި ބެހޭ ވަޒީރުން އެކުލަވާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ

މި ބައްދަލުވުމަކީ ސުވިޒަލޭންޑްގެ ޖެނީވާގައި ކޮންމެ އަހަރަކު ހަފްތާއެއްގެ މުއްދަތަކަށް ކުރިޔަށް ގެންދެވޭ ބައްދަލުވުމެށްކަމުގައިވީ ނަމަވެސް މި އަހަރުގެ ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ދުވަހު 3 ބަޔަކަށް ބަހައިލެވިގެންނެވެ. ޑަބްލިއުއެޗްއޯގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 194 ޤައުމެއް ބައިވެރިވާ މި ބައްދަލުވުން ކުރިޔަށް ދާނީ މާދަމާގެ ނިޔަލަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.