ކަރާ
މާރާމާރީއެއްގެ މައްސަލައެއްގައި ތިން މީހަކު ކޯޓަށް ހާޒިރު ކުރެވިއްޖެ އެވެ. ކުރެވުނު ދަޢުވާ ގައި އެ މީހުން ތިބީ ރާ ބޮއިގެން ކަމަށްވެސް އޮތެވެ. ފަނޑިޔާރު ފުރަތަމަ މީހާޔާ ސުވާލު ކޮށްލިއެވެ.
"ކަލޭ ގެނައި ކަމެއް އެނގޭތަ-؟"
އެމީހާ ބުނެލިއެވެ.
"އާދެ- އަޅުގަނޑު ގެނައީ މާރާމާރީއެއް ހިންގި ކަމަށް ތުހުމަތު ކުރެވިގެން- އެކަމަކު އަޅުގަނޑު އެކަހަލަ އެއްވެސް ކަމެއް ނުކުރަން-"
ފަނޑިޔާރު ސުވާލު ކޮށްލިއެވެ.
"ކަލޭ ކުރީ ކޮން ކަމެއް-؟"
އެމީހާ ބުނެލިއެވެ.
"އަޅުގަނޑު މަގުމަތީގައި އޮތް ކަރެއްގައި ފައިން ޖަހައި ފެންގަނޑެއްގެ ތެރެއަށް ވައްޓާލީ- އެ ނޫން ކަމެއް ނުކުރަން-"
ފަނޑިޔާރު ދެވަނަ މީހާޔާ ސުވާލު ކޮށްލިއެވެ.
"ކަލޭ ކުރީ ކޮން ކަމެއް-؟"
ދެވަނަ މީހާ ބުނެލިއެވެ.
"އަޅުގަނޑުވެސް އެ ކަރާގައި ފައިން ޖެހީ- އެހެން ކަމެއް ނުކުރަން-"
ފަނޑިޔާރު ތިން ވަނަ މީހާޔާ ސުވާލު ކޮށްލިއެވެ.
"ކަލެޔޯ-؟"
ތިން ވަނަ މީހާ ރޮވިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
"އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން- މި ދެ މީހުން ފައިން ޖެހި ކަމަށް އެ ބުނާ ކަރަޔަކީ އަޅުގަނޑު-"
ބޮޑުވެގެން...
ބައްޕަ: ދަރިފުޅު ބޮޑު ވެގެން ވާނީ ކޮން ކަހަލަ މީހަކަށް-؟
ދަރިފުޅު: މުސްކުޅިޔަކަށް-
ކުޑައިގައި ލޯވަޅު
އަޙްމަދު: މުޙައްމަދު- ކަލޭގެ ކުޑައިގައި ތިޔަ އޮތީ ލޯވަޅު އަޅާފައެއްނު-؟ ހީވަނީ ގުޅަ ތެލުލާ ތޮރުފި އުނދުޅިއެއްހެން-
މުޙައްމަދު: އާނ- މީގައި ލޯވަޅު އެޅީ އަހަރެން-
އަޙްމަދު: އެއީ ކީއްކުރަން-؟
މުޙައްމަދު: ވާރޭ ހުއްޓާލީމާ އެނގޭނީ އޭރުންނެއްނު-!