ރާއްޖޭގައި ތިބި ޕާކިސްތާނުގެ 43 މީހަކު ގައުމަށް ގެންގޮސްފި

ރާއްޖޭގައި ތިބި ޕާކިސްތާނު މީހުންގެ ތެރެއިން 43 މީހަކު ގައުމަށް ގެންގޮސްފިއެވެ. މި މީހުން ފުރުވަން ޕާކިސްތާނުގެ ހަ ކޮމިޝަނަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ޢަތަރު މުޚްތާރާއި ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްޤަރްނައިން އަޙްމަދް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއެވެ. މި މީހުން ޕާކިސްތާނަށް ގެންގޮސްފައިވަނީ ބުދަ ދުވެހު ސްރީ ލަންކަން އެއާލައިންސްގެ ޚާއްސަ މަތިންދާ ބޯޓަކުންނެވެ.  އެ މީހުންނަށް އެނބުރި ގައުމަށް ދެވުނީ ބުދަ ދުވަހުގެ ރޭ 8:30 ގައެވެ.

 ހައިކޮމިޝަނުގެ ފަރާތުން އެ ހުރިހާ އެންމެންނަށް ހޭންޑް ސެނިޓައިޒަރާއި، ފޭސް މާސްކު އަދި އަންގި ފޯރުކޮށްދީފައިވާ ކަމަށް ޕާކިސްތާނު ހައިކޮމިޝަނުން ހާމަކުރެއްވިއެވެ.

މީގެ ކުރިންވެސް އެނބުރި ގައުމަށް ނުދެވިފައި ތިބި ޕާކިސްތާނުގެ 9 މީހަކު ހައިކޮމިޝަނުގެ ފަރާތުން ގައުމަށް ފޮނުވާލާފައިވެއެވެ. އެމީހުން ފުރުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ޤަތަރު އެއާވޭސްގެ ޚާއްސަ މަތިންދާ ބޯޓަކުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފަށައި ބަލި ޖެހުނު މީހުންގެ ތެރޭގައި ޕަކިސްތާނުގެ 3 މީހަކު ވެސް ހިމެނެއެވެ. އެ ތިން މީހުންނަށް ބަލި ޖެހުނުކަން އެނގިފައިވަނީ އޭޕްރީލް މަހުގެ 26، 27، އަދި 28ވަނަ ދުވަހުއެވެ. އެމީހުން މިވަގުތު ތިބީ އެކަހެރި މަރުކަޒުތަކުގައެވެ. އެމީހުންގެ ހާލު ރަނގަޅެވެ. ހައިކޮމިޝަނު ވަނީ ދިވެހި ސަރުކާރުން ބަލި ޖެހުނުމީހުންނާ ދެމުންގެންދާ ފަރުވާ އާއި އަޅާލުމަށް ޕާކިސްތާނު ހައިކޮމިޝަނުން ޝުކުރު އަދާކުރައްވާފައިވެއެވެ.  

މާލޭގައި ތާށިވެފައި ތިބި ޕާކިސްތާނު މީހުން އެނބުރި ގައުމަށް ފޮނުވުމުގައި ދިވެހި ސަރުކާރާއި، ފޮރިން މިނިސްޓްރީ އާއި އެޗްޕިއޭ އިން ލިބުނު އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ވެސް ހައިކޮމިޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.