ބާ ޚަބަރު
ލީޑަރު: އަހަރެން މިއީ ވަރަށް ނުބައި، މަކަރުވެރި މީހެކޭ ކަލޭގެ ނޫހުގައި ޖެހިންތަ-؟
އެޑިޓަރު: ނޫން- ތިޔަ ޚަބަރު ޖަހާފައި އޮތީ އެހެން ނޫހެއްގައި- އަޅުގަނޑުގެ ނޫހަކީ ބާ ޚަބަރު ޖަހާ ނޫހެއް ނޫން-!
ބަދަލު ހިފުން
އެއް ދުވަހަކު މަރިޔަމްގެ ފިރިމީހާ އޭނާ ދެކެ ރުޅި އައިސްގެން އޭނާގެ ކަންކަށިމަތީގައި އެތިފަހަރެއް ޖަހައިފިއެވެ. މި ކަމާ ނުރުހުން ވެގެން މަރިޔަމް އޭނާގެ ބައްޕަގެ ކައިރިއަށް ގޮސް ޝަކުވާ ކޮށްފިއެވެ.
"ބައްޕާ- ރަޝީދު އަހަރެންގެ ކަންކަށިމަތީގައި ޖެހީ އެއްވެސް ކަމެއް ވެގެންނެއް ނޫން- އަހަރެން މިއީ ބައްޕަގެ ދަރިއެއް- އެހެންވީމާ ދަރިއެއްގެ ގައިގައި އެއްވެސް ކަމަކާ ނުލާ ޖެހީމާ ބަދަލު ހިފަން ވާނެ- ބައްޕަ ބަދަލު ހިފީމާ ނޫނީ އަހަރެން ދެން ރަޝީދުގެ ގެއަކަށް ނުދާނަން-"
ބައްޕަ ސުވާލު ކޮށްލިއެވެ.
"ރަޝީދު ޖެހީ ދަރިފުޅުގެ ކޮން ފަރާތެއްގެ ކަންކަށިމަތީގައި-؟"
މަރިޔަމް ބުނެލިއެވެ. "ވާތް ފަރާތު ކަންކަށިމަތީގައި-"
ބައްޕަ މަރިޔަމްގެ ކަނާތްފަރާތު ކަންކަށިމަތީގައި ވަރަށް ބާރަށް ޖަހާފައި ބުނެލިއެވެ.
"ދަރިފުޅާ- އަވަހަށް ގޮސް ރަޝީދު ގާތު ބުނޭ އޭނާ އަހަރެންގެ ދަރިފުޅުގެ ކަންކަށިމަތީގައި ޖެހީމާ އަހަރެން އޭނާގެ އަނބިމީހާގެ ކަންކަށިމަތީގައި ޖަހައިފީމޭ- އޮންނާނީ ރަނގަޅަށް ބަދަލު ހިފާފައޭ-!"
ދޫ ބޭރަށް ނެރޭ
ޑޮކްޓަރ: ދޫ އެކީގައި ބޭރަށް ނެރޭ-
ބަލިމީހާ: ތިޔަ ކަމެއް އަޅުގަނޑަކަށް ނުކުރެވޭނެ-
ޑޮކްޓަރ: އެއީ ކީއްވެގެން-؟
ބަލިމީހާ: އަޅުގަނޑުގެ ދުލުގެ އެއްކޮޅު ހުންނަނީ އެތެރޭގައި ހަރުލާފައި-