އައްޑޫ 14 ދުވަހަށް ލޮކްޑައުން ކޮށްފި - ބަލިމީހާ ބެލި ޑަކްޓަރުން އެންގުމާ ޚިލާފުވި

އައްޑު އަތޮޅުން މާލެ ގެނައި ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އައްޑު އަތޮޅު 14 ދުވަހަށް ލޮކްޑައުން ކުރަން ނިންމައިފިއެވެ. އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤް ވިދާޅުވި ގޮތުގައި ބަލިމީހާޔާ ގުޅުން ހުރި މީހުން ބެލުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރޭގައި އައްޑޫ ހޮސްޕިޓަލުގެ ބައެއް ޑަކްޓަރުންވެސް ހިމެނެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފުއްސާދާތު ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ގެ މިހާރު ހުރީ ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ބަންދުކޮށްފައެވެ. ސަލަމާތީ ފިޔަވަޅެއްގެ ގޮތުން މީގެ ފަހުން ކޮންމެ ބަލި މީހަކުވެސް ބަލާނީ ސަލާމަތީ ހުރިހައި ފިޔަވަޅުތަކެއް އަޅައިގެންނެވެ.

"މިހާރުވސް އަޅުގަނޑުމެން ވާނީ އެހެން އަންގާފައި. އެކަމަކު މި ބަލިމީހާ (ޕޮޒިޓިވްވި މީހާ) ބެލި ޑަކްޓަރުން އެކަށިގެންވާ ފިޔަވަޅު ނާޅާކަން ފާހަގަ ކުރެވުނު." ސާދާތު ވިދާޅުވިއެވެ.

މިހާރު އެ ފަސް ޑަކްޓަރުންވެސް ވަނީ އައިސޮލޭޓް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.