ރޯދަމަޖާ: ވަރިކުރެވޭނެ ގޮތް

ކުޑަ ކޮޓަރި

އަލަށް ހޮޓަލަށް އައި މީހަކު ހޮޓަލުގެ މުވައްޒަފަކާ ޒުވާބު ކުރަނީއެވެ. "އަހަރެން މިހާރު ސަތޭކަ ފަހަރު ބުނެފިން މިކޮޓަރި އަހަންނަކަށް ކަމަކު ނުދެއޭ- މި ކޮޓަރީގައި އުޅެން އެއްބަސް ވާނީ މޮޔައެއް- މިއީ ކޮތަރު ކޮށްޓެއްނު-؟ މި ތާނގައި މިހިރީ އެންމެ ގޮނޑިއެއް- ހުރީ ފަސް ވޯޓުގެ އެންމެ ބޮތްކެއް- ކުޑަ ދޮރެއް ނެތް- ދެތިން މީހުންނަށް ވަދެވޭހައި ޖާގައެއް ނެތް- ކަލޭމެން ހީކުރީ އަހަރެން މިއީ މޮޔައެއް ކަމަށްތަ-؟? އަހަރެން މި ކޮޓަރިއަކު ނޫޅޭނަން-"

ހޮޓަލުގެ މުވައްޒަފަށް އަނގައިން ނުބުނެ ނުހުރެވިގެން އެންމެ ފަހުން ބުނެލިއެވެ.

"ސާޙިބާ- އެތެރެއަށް ވަންނަވާ- މިއީ އަދި ކޮޓަރިއެއް ނޫން- މިއީ މި ހޮޓަލުގެ ލިފްޓު-!"

ޢުމުރު

ފަނޑިޔާރު: ކަލޭގެ ޢުމުރަކީ ކޮބާ-؟

އަންހެންމީހާ: ސައްބީސް އަހަރާ ދުވަސްކޮޅެއް-

ފަނޑިޔާރު: ރަނގަޅަށް ބުނޭ- ސައްބީސް އަހަރާ ކިތައް ދުވަސް-؟

އަންހެންމީހާ: ސައްބީސް އަހަރާ ނުވަހާސް ހަތަރު ސަތޭކަ ސާޅީސް ތިން ދުވަހާ ބައި-!

ވަރިކުރެވޭނެ ގޮތް

ފިރިހެންމީހާ: އަޅުގަނޑު ބޭނުން ވަނީ އަނބިމީހާ ވަރި ކޮށްލެވޭނެ އެއްވެސް ގޮތެއް އޮތްތޯ އޮޅުން ފިލުވާލަން-

ޤާޒީ: ކަލޭ އުޅެނީ މީހަކާ އިނދެގެންތަ-؟

ފިރިހެންމީހާ: އާދެ- އަޅުގަނޑު އުޅެނީ މީހަކާ އިނދެގެން-

ޤާޒީ: އެހެން ވެއްޖެއްޔާ އެބައޮތް-

ބައްޕަ ގާތު ބުނާނަން

ކުޑަ ފިރިހެން ކުއްޖަކު މަގުމަތީގައި ސިގިރޭޓު ބޯން ހުއްޓާ ފެނިގެން އަންހެނަކު އެ ކުއްޖާ ބިރު ގަންނަވާލުމުގެ ގޮތުން ބުނެލިއެވެ.

"ކަލޭ ސިގިރޭޓު ބޯ ވާހަކަ ކަލޭގެ ބައްޕަ ގާތު ބުނާނަން-"

އެ ކުއްޖާ އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.

"ކަލޭ ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާ ވާހަކަ ކަލޭގެ ފިރިމީހާ ގާތު ބުނާނަން-"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.