އެއަރކޮންޑިޝަނަރ
ހޮޓަލަށް ވަން އަންހެނެކެވެ. އިރުކޮޅަކު މޭޒު ދޮށުގައި އިށީނދެގެން އިނުމަށް ފަހު ވޭޓަރު ގެނެސްފައި ބުނެފިއެވެ. "އެއަރކޮންޑިޝަނަރ ޖައްސާލަބަލަ- މިއަދު މާބޮޑަށް ހޫނު ވަނީ-"
ވޭޓަރު ހިނގައްޖެއެވެ.
އިރުކޮޅެއް ފަހުން އަނެއްކާ ވޭޓަރަށް ގޮވާ ގެނެސްފައި ބުނެފިއެވެ. "ތަންކޮޅެއް ފިނި ގަދަ ކޮށްލަދީ- އަދިވެސް ބޭނުންވާ ވަރަކަށް ފިންޏެއް ނުވޭ-"
ވޭޓަރު ހިނގައްޖެއެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން އަނެއްކާވެސް ވޭޓަރަށް ގޮވާ ގެނެސްފިއެވެ. ތަންކޮޅެއް "ފިނި މަޑު ކޮށްލާ- މިހާރު ކުޑަކޮށް ހީކަރުވަން ފަށައިފި-"
ވޭޓަރު ހިނގައްޖެއެވެ.
މި މަންޒަރު ބަލަން ދުރުގައި ހުރި މީހަކު އެއްކަލަ ވޭޓަރަށް ގޮވާފައި ބުނެފިއެވެ. "އެ އަންހެންމީހާ އެވަރަށް ކަލެއަށް އުނދަގޫ ކުރާ އިރުވެސް ކަލޭ އޭނާ ބުނާ ގޮތަށް އެބަ ހަދަމު- އެއީ ކީއްވެގެން-؟"
ވޭޓަރު ހިނިތުން ވެލާފައި ބުނެލިއެވެ.
"އޭނާގެ ހިތް ހަމަ ޖެހޭ ކަހަލަ ގޮތަކަށް ކަމެއް ކޮށްދެވުނީމާ އަޅުގަނޑު މި ހުންނަނީ ވަރަށް ބޮޑަށް އުފާ ވެފައި- މި ހޮޓަލަކު އެއަރކޮންޑިޝަނަރެއް ނުހުރޭ-!"
ޓީވީ
އިންޑިއާގެ ސިކުންނަށް ޢާއްމުކޮށް ކިޔަނީ ސަރުދާރުޖީ އެވެ. ސަރުދާރުޖީން ތިބެނީ ބޮލުގައި ފާޑެއްގެ ފޮށައެއް އޮޅައިގެންނެވެ. އެއް ދުވަހަކު ސަރުދާރުޖީއަކު ފިހާރައަކަށް ވަދެ ޝޯކޭހެއްގައި ހުރި އެއްޗެއް ދައްކާލާފައި އަހައިފިއެވެ. "މި ޓީވީ ގަންނަން އަހަރެން ބޭނުން- މީގެ އަގަކީ ކޮބާ-؟"
ފިހާރައިގެ ސޭޓު ބުނެލިއެވެ. "މި ފިހާރައިން ސަރުދާރުޖީންނަކަށް އެއްޗިއްސެއް ނުވިއްކަން-"
ސަރުދާރުޖީ ނުކުމެގެން އެ ދިޔަ ގޮތަށް ދިޔައީ ބޯކޮށާ ތަނަކަށެވެ. އެ ތަނަށް ވަދެ ބޮލުގައި އޮތް ފޮށާ ނަގާ އެއްލާލާފައި ވަރަށް ތުނިކޮށް ބޯ ކޮށްޓައިފިއެވެ. ބޯކޮށައިގެން، ފެންވަރައިގެން، ރީތި ވެގެން އެއްކަލަ ފިހާރައަށް ވަދެ އަހައިފިއެވެ. "މި ޓީވީ ގަންނަން އަހަރެން ބޭނުން- މީގެ އަގަކީ ކޮބާ-؟"
ފިހާރައިގެ ސޭޓު ބުނެލިއެވެ. "މި ފިހާރައިން ސަރުދާރުޖީންނަކަށް އެއްޗިއްސެއް ނުވިއްކަން-"
ސަރުދާރުޖީގެ ހިތަށް އެރިއެވެ. ސޭޓަށް މި ފަހަރުވެސް އަހަރެން ފާހަގަ ކުރެވިއްޖެއެވެ. ސަރުދާރުޖީއެއްކަން އެނގިއްޖެއެވެ. އެހެންވީމާ އަވަހަށް ގެއަށް ގޮސް، ތުނބުޅި މަތިމަސް ބާލައި، އޮމާން ކޮށްފިއެވެ. ތުންފަތުގައި ކުލަ ޖައްސައިލިއެވެ. އަންހެން ހެދުމެއް ލައިފިއެވެ. އެއްވެސް މީހަކަށް އޭނާއަކީ ފިރިހެނެއްކަންވެސް ނޭނގޭ ވަރަށް ސިފަ ބަދަލު ކޮށްގެން އެއްކަލަ ފިހާރައަށް ހިނގައްޖެއެވެ. "މި ޓީވީ ގަންނަން އަހަރެން ބޭނުން- މީގެ އަގަކީ ކޮބާ-؟"
ފިހާރައިގެ ސޭޓު މި ފަހަރުވެސް ބުނެލިއެވެ. "މި ފިހާރައިން ސަރުދާރުޖީންނަކަށް އެއްޗިއްސެއް ނުވިއްކަން-"
ސަރުދާރުޖީ ޙައިރާން ވެފައި އަހައިލިއެވެ. "އަހަރެން މިއީ ސަރުދާރުޖީއެއްކަން ކަލެއަށް އެނގުނީ ކިހިނެއް-؟"
ސޭޓު ބުނެލިއެވެ. "ސަރުދާރުޖީއަކު ނޫނީ މައިކްރޯވޭވް އަވަނަކަށް ޓީވީއެކޭ ނުކިޔާނެ-"