ގއ. ކަނޑުހުޅުދޫ ގައި ވަޅަކަށް ވެއްޓި ޢުމުރުން 4 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެވެ.
އެކުއްޖާ އެރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ހާމަކުރައްވައިފައެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 11:00 ގައެވެ. ފުލުހުން ދަނީ މިމައްސަލަ ތަޙްޤީޤްކުރަމުންނެވެ.
ޚަބަރު: މޯލްޑިވްސް ޕޮލިސް