ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދިން މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި  

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދިން  މައްސަލައިގެ ތަޙްޤީޤް ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިރޭ ބޭއްވި ޕަރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ ހުޅުމާލޭގައި ތިންބިދޭސީންނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ، ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ބަދަލުހިފުމަށް ކަމަށް ތަހުޤީޤްގައި ލިބުނު  މަޢިލޫމާތުތަކުން ކަށަވަރުވެފައިވާ ކަމަށެވެ. މިމައްސަލަ މިމަހު 19 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މިއަހަރު ފެބުރު އަރީ މަހުގެ ހަތަރުވަނަ ދުވަހު ތިން ބިދޭސީންނަށް ހުޅުމާލޭގައި ހަމަލާދިން މައްސަލައިގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ހަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވީ ހަތަރު މީހެއްކަމަށް ރިޔާޒު ވިދާޅުވިއެވެ. އެމީހުން ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްތަކާއި އެސައިކަލްތަކުގެ ބަދަލުކޮށްފައިވާ ނަން ބޯޑްތަކާއި ޙަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި އެވަގުތި އެމީހުން ލައިގެންތިބި އަންނައުނުވެސް ހޯދިފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ހައްޔަރު ކުރެވުނު މީހުންގެ ގޭގެއިން ހޯދިފައިވާ ޑިޖިޓަލް ޑިވައިސް ތަކުން މައްސަލައާ ގުޅުންހުރި، ޓެރެރިޒްމ ޕަރަމޯރޓް ކުރުމަށް، ހިތްވަރުދޭ މުއާމަލާތަކާއި ޕޯސްޓަތަކާއި ލިޔުންތައް ވެސް ފެނިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ. މިމައްސަލައިގެ ތަޙްޤީޤް ގައި  75 ލޮކޭޝަނަކުން 300 އެއްހާ ގަޑީ އިރުގެ ފުޓޭޖް ނަންގަވައިގެން އެނަލައިޒަ ކުރެވުނު ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިހަމަލާ އަކީ މާލެސަރަޙައްދުގައި ޙަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލްއަކުން ރާވާވައިގެން ހިނަގާފައވާ ހަމާލާއެއްކަން ތަޙްޤީޤުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފެބުރުއައީ މަހުގެ ހަތަރުވަނަ ދުވަހުގެރޭ އެ ހަމަލާގައި އެއް ވަގުތެއްގައި ހުޅުމާލޭގެ ތިން ސަރަހައްދަކުން ތިން ބިދޭސީއަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. މިހަމަލާތަކުގެ ސަބަބުން ޒަހަމްވެފައި ވަނީ ޗައިނާގެ ދެ ރައްޔިތުންގެ އިތުރުން އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.