ވޭތުވެދިޔަ އަހަރަކީ ސިފައިންގެއަށް މުޅި އޮޕަރޭޝަނަލް ސްޓްރަކްޗަރަށް ގިނަ ބަދަލުތަކެއް ގެނެވުނު އަހަރެއް ކަމުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ވޭތެވެދިޔަ އަހަރަކީ ގިނަ ކުރިއެރުންތަކެއް ލިބުނު ފަޚުރުވެރި އަހަރެއްކަމުގައެވެ. އެގޮތުން ސިފައިންގެ ކުރިއެރުމަށާއި ދިފާއީ ބާރުގެ ޚިދުމަތްތައް ވަރުގަދަ ކުރެވުމުން ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ގޮތުގައި ނިމިދިޔަ އަހަރު، އާ ކެޕްސްޓޯނެއްގެ އަލީގައި އާ އިސްތިރާޖީ އަމާޒެއްގެ އަލީގައި ސިފައިންގެ މުޅި އޮޕަރޭޝަނަލް ސްޓަރަކްޗަރަށް ބަދަލުގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ސިފައިންގެ އޮޕަރޭޝާނަލް ކެޕޭސިޓީ ވަރުގަދަ ކުރުމާއި ދިފާއީ ބާރުގަ ހިމެނޭ އެންމެހައި ރައްޔިތުންގެ ވެލްފެއަރ އިތުރަށް ހަރުދާނާ ކުރުމާއި އުސޫލްތަކާއި ސިސްޓަމްތައް މިހާރަށްވުރެ ވަރުގަދަ ކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް ރައްޔިތުންނާއި ސިފައިންނާ އޮންނަ ގުޅުން ވަރުގަދަކޮށް ހަރުދަނާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އޭގެ އިތުރުން ސިފައިންގެ ވަސީލަތްތައް އިތުރުކުރުމާއި އާލާތްތައް ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ޗީފް އޮފް ޑީފެންސްގެ މެސެޖުގައި ސިފައިން ކުރިއެރުވުމަށްޓަކައި ކޮމާންޑަރ އިން ޗީފް ކުރައްވަމުން ގެންދަވާ މަސައްކަތްފުޅު ފާގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި ދިފާއީ ވަޒީރުކުރައްވާ މަސައްކަތްޕުޅަށްވެސް ޝުކުރު އަދާކުރެއްވިއެވެ،