އިސްރާއީލުގައި 'އެމަޖެންސީ އެއްބައިވަންތަކަމުގެ ސަރުކާރެއް' އެކުލަވާލަން ނަތަންޔާހޫއާއި ގަންޓްޒް އެއްބަސްވެއްޖެ

އިސްރާއީލުގެ ގާނޫނުހަދާ މިޖިލިސް، ކްނެސެޓް

އިސްރާއީލުގައި 17 މަސް ދުވަހުގެ ތެރޭގައި ބޭއްވި ތިން އާއްމު އިންތިޚާބުންވެސް އެއްވެސް ބަޔަކަށް ސަރުކާރެއް އެކުަލަވާލާވަރުގެ އަޣުލަބިއްޔަތު ނުލިބި، ސަރުކާރެއް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ، މިހާރުގެ ބޮޑުވަޒީރުގެ ބެންޖަމިން ނަތަންޔާހޫއަށްވެސް އަދި އޭނާގެ ވާދަވެރިޔާ ބެނީ ގަންޓްޒްއަށް ވެސް އެކިފަހަރު މަސައްކަތްކޮށް އެކަން ކާމިޔާބުުކުރެވިފައި ނުވެއެވެ.

އިސްރާއީލުގައި ނޮވެލް ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރި ގިނަ ބަޔަކު ކޮވިޑް- 19 އަށް ޕޮޒިޓިވް ވަމުންދާ މި ދަނޑިވަޅުގައި ސަރުކާރެއް އެކުލަވާލުމުގެ މުހިއްމުކަން ނަތަންޔާހޫގެ ލިކުޑް ޕާޓީއަށާ، ބެނީ ގަންޓްޒްގެ ބްލޫ އެންޑް ޕާޓީ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން އެއްބަސްވެ ސޮއިކޮށްފައިވާ ކަމަށް އިސްރާއީލުގެ ޗެނެލް 21 އިން ވަނީ ޚަަބަރުދީފައެވެ. މި އެެއްބަސްވުމުގެ ދަށުން ދެ ޕާޓީގެ ލީޑަރުންގެ މެދުގައި ބޮޑުވަޒީރުކަން ދައުރުވާނެއެވެ. އަދި މިކަމާ ބެހޭ އިސްލާހެއް ގާނޫނުހަދާ މިޖިލިސް، ކްނެސެޓަށް ހުށަހަޅަން ވެސް ދެ ޕާޓީން ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ނަތަންޔާހޫއާއި ގަންޓްޒް ވަނީ ތިން ފަހަރު ބައްދަލުކޮށްފައެެވެ. ހިފާފައިވާ ޤުދްސުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގޭގައި މިއަދު ހެނދުނު ބޭއްވި 90 މިނެޓްގެ ބައްދަލުވުން ނިމިފައި ވަނީވެސް އެއްބަސްވުމަކަށް ނާދެވިއެވެ. ދެ މީހުންނަށް އެއްބަސް ނުވެވުނީ ޖުޑިޝަރީ ކޮމިޓީ އެކުލަވާލާނޭ ގޮތަކާ މެދު ކަމަށް ޚަބަރު ލިބެއެވެ.

ދެ ފަރާތުން އެއްބަސްވުމަކަށް އައީ ފަހުން ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.

އިސްރާއީލުގައި 13600 މީހުންނަށް ވެރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެ، 173 މީހުން މަރުވެފައި ވާއިރު، ވިއިރަސްއާ ދެކޮޅަށް މަސައްކަތްކުރުމުގައި ނަަތަންޔާހޫގެ ސަރުކާރަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވާކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.