ގޭބިސީތަކަށް ފުލުހުން ދޭ ހުއްދައަކީ ހަމައެކަނި ގެއަށް ބޭނުންވާ ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި ގަންނަންދާން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ވިދާޅުވީ މީގެ ކުރިން ހުއްދަ ލިބިފައި އޮންނަ މީހަކު ތަނަކަށް ދާން ވެސް ހުއްދަ ދީފައިވާނެ ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން އެކަހަލަ ހުއްދަ ދިނުން ހުއްޓާލާފައިވާ ކަމަށް މަންނާން ވިދާޅުވިއެވެ.
ކާބޯތަކެތީގެ އިތުރުން ވަރަށް ޒަރޫރީ ހުއްދައަކަށް އެދިއްޖެނަމަ އެ ހުއްދަ ދޫކުރާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބަލިމީހަކަށް ކޮންމެހެން ހޯދަންޖެހޭ ބޭސް ހޯދުން ނުވަތަ ގޭބިސީއެއްގައި ކޮންމެހެނ ނުކޮށް ނުވާނޭ ފަދަ މަރާމާތެއް ފަދަ ކަންކަން ހިމެނޭ ކަމަށް އޭސީޕީ ވިދާޅުވިއެވެ. އެފަ ހުއްދަ ހޯދުމަށް މިހާރުއެ ކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައި ހުރި އައިސީޕީ ތަކާ ގުޅައިގެން ކުރިއަށް ގެންދިއުމަށް އަބްދުލް މަންނާން ވިދާޅުވިއެވެ.
އަދި މިހާރު ދޫކުރާ ހުއްދައަކީ ހަމައެކަނި ކާބޯތަކެތި ގަންނަންދާން ދޫކުރާ ހުއްދައެއްކަން މަންނަން ފާހަގަކުރެއްވިއެވެ.