ހަ މޯބައިލް ވެންޓިލޭޓަރު ރާއްޖެއަށް ގެނެސްފި

ކޮވިޑާ ގުޅިގެން ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ވެންޓިލޭޓަރުގެ ތެރެއިން ހަ ޓްރާންސްޕޯރޓް ވެންޓިލޭޓަރެއް ރާއްޖެއަށް ގެނެސްފި ކަމަށް ނެޝަނަލް އިމަރޖެންސީ އޯޕްރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީ ގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބަރޫކް ވިދާޅުވީ މިއަދު ލިބުނު ހަ ވެންޓިލޭޓަރަކީ ރާއްޖެއަށް ގެންނަން ހަމަޖައްސަވައިފައިވާ 14 ޓްރާންސްޕޯރޓް ވެންޓިލާޓަރުގެ ތެރޭގައި ހިމެނޭ ވެންޓިލޭޓަރު ތަކެއްކަމަށެވެ.

މެޑްޓެކާ ހަވާލު ކޮށްފައިވާ ވެންޓިލޭޓަރ ތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް 22 ވަނަ ދުވަހު އަންނާނެ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް މަބަރޫކް ވިދާޅުވިއެވެ. އަދި ނާޑް އާ ހަވާލުކޮށްފައިވާ 20 ވެންޓިލޭޓަރ ލިބޭނެކަމަށް ބުނެފައި ވަނީ މިމަހު 28 ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ހުރި ވެންޓިލޭޓަރ ތަކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ހުރިހާ ވެންޓިލޭޓަރެއް ކޮވިޑްގެ ފަރުވާއަށް ބޭނުން ކުރެވޭނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް 135 އައިސީޔޫ ވެންޓިލޭޓަރ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ކޮވިޑަށް ފަރުވާ ދިނުމަށް 200 އައިސީޔޫ ވެންޓިލޭޓަރު ހަމަކުރުމަށް ސަރުކާރުން ވަނީ ނިނަމަވައިފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ވެންޓިލޭޓަރުތަކާއެކު ރާއްޖަގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރ ކަމަށް މަބަރޫކް ކުރިން ވަނީ ވިދާޅުވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.