ކޮރާނާ ވައިރަހާ ގުޅިގެން ހައިރާންވާވަރުގެ މާސްކުތައް

ކޮރޯނާ ވައިރަހުން ސަލާމަތް ވާންވެގެން ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުން ވެސް އަނގަޔާއި ނޭފަތް ނިވައިކުރަން މާސްކު ބޭނުންކުރަމުން އެބަގެންދެއެވެ. ބައެއް ގައުމުތަކުގެ ބައެއް މީހުން ބޭނުން ކުރަމުން ދަނީ އަޖާއިބު ހައިރާންވާރުގެ މާސްކުތަކެވެ. ތިރީގައި އެވަނީ އެފަދަ މާސްކުތައް އަޅައިގެން މީހުން އުޅެމުންދާތަނެވެ.

މިއީ  ކޮލަމްބިޔާގެ އަންހެނަކު އަޅައިގެން ހުރި މާސްކެކެވެ. މި މާސްކު އަޅައިގެން ހުރި މީހާ ފުރަތަމަ ފަހަރަށް ފެނުމުން ޖެހިލުންވެ ބިރުގަންނަގޮތް ވެދާނެއެވެ. އެކަމަކު ކޮލަމްބިޔާގެ އަންހެނުން މި މާސްކު ފެޝަނެއްގެ ގޮތުގައި ވެސް އަޅަމުން އެބަގެންދެއެވެ. ޅަފުރައިގެ ކުދީންނާއި ޒުވާންނުން މިމާސްކު އަޅަނީ ސަމާސާކޮށް އެހެން މީހުން ބިރުގެންނެވުމުގެ ގޮތުންނެވެ.

މިދުވަސްވަރު ސްޕައިޑަރ މާސްކު ޕެނަމާގައި ވަރަށް މަގުބޫލެވެ.

މިއީ ރޭގަނޑު މީހުން ބިރުގަންނަވަން ވަރަށް ރަނގަޅު މާސްކެކެވެ.

މިއީ އިރާގުގެ ނަޖަފުގެ އަންހެނަކު އަޅައިގެން ހުރި މާސްކެކެވެ. ރައްކާތެރި އެވެ. ފެޝަނަކަށް ވެސް ފުދެއެވެ.

މިއީ އެފްރިކާގެ ގައުމެއްކަމުގައިވާ ޔޫގެންޑާގެ ވެރިރަށް ކެމްޕާލާގެ މީހަކު އަޅައިގެން ހުރި މާސްކެކެވެ.

ލުބުނާނުގެ އަންހެނުން ލައިގެން ހުންނަ ހެދުމުގެ ބަޔަކުން ނުވަތަ ސްކާފުން ނޭފަތާއި އަނގަ ނިވައިކުރެއެވެ.

ކެމްބޯޑިއާގެ އަންހެނުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރަނީ ކުލަގަދަ ފޮތިން ހަދާފައި ހުންނަ މާސްކެވެ.

އިންޑޯނޭޝިޔާގެ ފިރިހެނަކު މިހިރީ ކުޑަކުދިންގެ ހެދުން ފަހާ ޑިޒައިނުގެ ފޮތިން ހަދާފައިވާ މާސްކެއް އަޅައިގެންނެވެ.

ބައެއް މާސްކުތައް ހަދާފައި ހުންނަނީ ހަމައެކަނި ރައްކާތެރިކަން ލިބޭ ގޮތަކަށް ނޫނެވެ. ބަލާމީހުންނަށް އުފާވެރިކަން ލިބި ހިނިއަންނަ ގޮތަށެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ސައިކަލް ދުއްވާ މީހުން މާސްކު އެޅުމަކީ ލާޒިމުކަމެކެވެ.

އިންޑޮނޭޝިޔާގެ މިސްކިތްތަކަށް ނަމާދަށް ދާ މީހުން މާސްކު އެޅުމަކީ މަޖުބޫރުކަމެކެވެ.

ތުއްތުކުދިން އަޅަން ހަދާފައިވާ މާސްކު ވެސް ބައެއް ގައުމުތަކުގެ މީހުން ބޭނުންކުރަމުން އެބަގެންދެއެވެ.

މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ މީހަކު އަމިއްލައަށް ހަދާފައިވާ މާސްކެއް އަޅައިގެން ސައިކަލުގައި ދަތުރުކުރަނީ

ކޮރޯނާވައިރަހުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ އެމެރިކާ މީހުންނަށެވެ. އެހެންވެ އެމެރިކާ މީހުން ބޭނުން ކުރެވޭތޯ ބަލަނީ ރައްކާތެރިކަމުގެ ފިޔަވަޅު ވަރަށް ބޮޑަށް އަޅާފައިވާ މާސްކުތަކެވެ.

ޑިސެމްބަރ މަހު ޗައިނާއިން ކޮރޯނާ ވައިރަސް ފެނުމުގެ އެތައް ސަތޭކަ އަހަރެއް ކުރީއްސުރެން ފުރިހަމަ މުސްލިމު އަންހެނުން ވަނީ ނޭފަތާއި އަނގަ ރައްކާތެރިކުރެވޭ ގޮތަށް ހެދުން އަޅަންފަށާފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.