އިތުރު ސާދަ ދުވަހަށް މާލެ ބަންދުކުރަން ނިންމައިފި

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިއަދު ފެށިގެން އިތުރު ސާދަ ދުވަހުގެ މުއްދަތަށް މާލެ ބަންދުކުރަން ނިންމައިފިއެވެ.

ބުދަ ދުވަހުން ފެށިގެން މާލެވަނީ ބަންދުކުރެވިފައެވެ. އެ ނިންމުން ދަމަހައްޓައި އިތުރު ސާދަ ދުވަހަށް ބަންދުކުރުމާއެކު ތިރީގަިއވާ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ.

އެގޮތުން މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމުތަންތަނަށް ނުކުތުން މަނާކުރުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ. އަދި ތިލަފުށީގައި އެއްގަމާއި ކަނޑުމަގުން ދަރުތުފަތުރުކުރުން ހުއްޓާލުމާއި

މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅިފަޅަށް މީހުން އަރައިފޭބުން ހުއްޓައިލުން

ސިފައިންނާއި ފުލުހުން އަދި ސިއްހީ ޚދުމަތްދޭ ފަރާތްތަކާއި، ޚާއްސަ ފާހެއް ލިބިފައިވަ ފަރާތްތައް އެފިޔަޅުތަކުން އިސްތިސްނާވާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.