އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު 141 އަށް

މާލެއިން އިތުރު ހަތަރު މީހަކު ކޯވިޑަށް ޕޮޒިޓިވް ވެ، ބަލި ޖެހުނު މީހުންގެ އަދަދު 141 އަށް އަރައިފިއެވެ.

ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި ސްރީ ލަންކާގެ މީހަކާއި ދިވެއްސެކެވެ. މި މީހުންގެ ކޭސް ނަންބަރު ތަކަކީ 138، 139، 10 އަދި 141 އެވެ.

މި ހަތަރު މީހުންނާއެކު 141 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު  އޭގެ ތެރޭގައި ހިމެނެނީ 69 ދިވެއްސަކާއި 72 ބިދޭސީންނެވެ.

ވޭތުވެދިޔަ 24 ގަޑިއރު ތެރޭގައި 13 މީހުން ފެނިފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.