ކޮވިޑް-19: އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދޭ ފައިސާ ހިފަހައްޓަފާނެކަމުގެ އިންޒާރު ރައީސު ޓްރަމްޕް ދެއްވައިފި

ދުނިޔޭގެ ސިއްހަތު ޖަމްއިިއްޔާ (ޑަބްލިޔުއެޗްއޯ) އިން ނޮވެލް ކޮރޯނާ މައްސަލައިގައި އަމަލުކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، އެމެރިކާއިން އެ ޖަމްއިއްޔާއަށް ދޭ ފައިސާ ހިފަހައްޓަފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޑަބްލިޔުއެޗްއޯ އަށް އެމެރިކާއިން ދޭ ފައިސާ (ދިނުން) "މަޑުޖައްސާލެވިދާނެ" ކަމުގެ އިންޒާރު ރައީސު ޓްރަމްޕް ދެއްވީ އެމެރިކާގައި ކޮރޯނާ ވައިރަސްގެ ހާލަތާމެދު އިއްޔެ ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަަކަފުޅުދައްކަވަމުންނެވެ.

ޓްރަމްޕް މިހެން ވިދާޅުވުމާއެކު ނޫސްވެެރިން ވަނީ، ދުނިޔެ ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮއް އިރެއްގައި އެެފަދަ ފިޔަވަޅެއް އެޅުން ރަނގަޅުތޯ ބުނެ ސުވާލު ކުރިމަތިކޮށްފައެވެ. އެންމެ ފަހުން ޓްރަމްޕް ވިދާޅުވީ "އަހަރެން ނުބުނަން އަހަރެން މިއުޅެނީ އެ ފައިސާ ހިފައްޓާށޭ."

އެހެންނަމަވެސް، ޑަބްލިޔުއެޗްއޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސު ޓްރަމްޕް ވިދާޅުވީ، ކޮރޯނާ ވައިރަސްގެ މަލިމަޑުކަމާ މެދު ފިޔަވަޅު އަޅަންވީ ވަގުތު ޑަބްލިޔުއެޗްއޯއަށް ގެއްލިގެން ހިނގައްޖެ ކަމުގައެވެ. އަދިވެސް ޓްރަމްޕް ވިދާޅުވީ އެ ޖަމްއިއްޔާއިން ވަނީ "ޗައިނާ އަށް އިސްކަންދީފައި" ކަމަށެވެ.

ޑަބްލިޔުއެެޗްއޯއިން ވަނީ ކޮރޯނާ ވައިރަސްއާ ދެކޮަޅަށް ޗައިނާއިން ދެފުށް ފެންނަ ގޮތަށް މަސައްކަތްކޮޮށްފައިވާތީ ޗައިނާއަށް ތައުރީފުކޮށްފައެވެ. އެހެންނަމަވެސްް، އެމެރިކާއިން ދެކޭގޮތުގައި، ކޮރޯނާވައިރަސް ޖެހިގެން ޗައިނާގައި މަރުވި މީހުންގެ ހަގީގީ އަދަދު ޗައިނާއިން ހާމަނުކުރެއެވެ.

އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން ޑަބްލިޔުއެޗްއޯއަށް އެންމެ ގިނަ ފައިސާ ދެނީ އެމެރިކާއިންނެވެ.

ރައީސު ޓްރަމްޕް ވެރިކަމަށް ވަަޑައިގަތްފަހުން އޭނާ ގެންދަވަނީ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވަމުންނެވެ.

އެެމެރިކާގައި ކޮވިޑް- 19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 4 ލައްކައަށް އަރާފައެވެ. އަދި 12 ހާހަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.