ކޮވިޑް-19: ފަރުވާ ދެމުން ގެންދާ ތިން ދިވެހީންގެ ޙާލު ރަނގަޅު: މަބްރޫކް

މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ ތިން މީހުންގެ ޙާލުވެސް ރަނގަޅު ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ފަރުވާ ދެމުން ގެންދާ ތިން ދިވެހީން ފިޔަވައި އިތުރު މީހަކު އެފަހުން ޕޮޒިޓިވް ނުވާ ކަމަށެވެ. އެހެންނަމަވެސް ނަތީޖާ ނުލިބި ފަސް ސާމްޕަލެއް އަދި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ރޯޔަލް އައިލެންޑުގައި ކަރަންޓީނު ކުރެވިފައިވާ މީހުންގެ ތެރެއިން މީހެކެވެ. އޭނާއަކީ އިނގިރޭސިވިލާތުން ރާއްޖެއައި މީހެވެ.

ރާއްޖެއިން މިހާތަނަށްވަނީ 1137 ސާމްޕަލް ނަގައި ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 18 އެވެ. ނެގެޓިވް 1114 ސާމްޕަލެވެ. ވެލިދޫ އައިސޮލޭޝަންގައި މިވަގުތު 16 މީހުން އެބަތިއްބެވެ. ކަރަންޓީގެ އެކި ފެސިލިޓީތަކުގައި 866 މީހަކު އެބަތިބި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރިހިވެލި ދަ ޑްރީމް ހޮޓެލް މޯލްޑިވްސް އިން ބައްޔަށް ޝައްކުކުރެވޭ އަމާލާތްތަކެއް މީހެއްގެ ގައިން ނެގުމަށް އެރަށްވަނީ މޮނިޓަރިންނަށް ލެވިފައި ކަމަށެވެ. ކ. މާފުށީގައި ހުންނަ ސެވެންކޮރަލް ގެސްޓުހައުސް ވެސް ވަނީ މޮނިޓަރިންނަށް ލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.