މިވަގުތު މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ އަޑުއަހަން ތައްޔާރަށް- މަޖިލީހުގެ ރައީސް

މިވަތު މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ އަޑުއަހަން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ އޮންލައިންކޮށް ކުރިއަށް ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެށްޓެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކަންބޮޑުވުމެއް ދިމާވާ ވަގުތު

މިވަގުތު މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ އަޑުއަހަން ތައްޔާރަށް- މަޖިލީހުގެ ރައީސް

މިވަތު މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ އަޑުއަހަން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ އޮންލައިންކޮށް ކުރިއަށް ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެށްޓެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކަންބޮޑުވުމެއް ދިމާވާ ވަގުތު ރައްޔިތުން އެންމެ ފުރަތަމަ ގުޅާ ބަޔަކަށް ވަނީ މަޖިލީސް މެމްބަރުން ކަމަށެވެ. އެހެންކަމުން މިވަގުތު މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭ ގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް އެނގޭ އަޅުގަނޑުމެންނަށް މިއަދު ރައްޔިތުންގެ ހުރިހާ ޝަކުވާތަކުގެ ޖަވާބެއް ނުދެވިދާނެ. ރައްޔިތުން އެދޭ މިންވަރަށް ވެސް އަދި އަޅުގަނޑުމެން އެދޭ މިންވަރަށް ވެސް ޖަވާބު ނުދެވިދާނެ. އެހެންނަމަވެސް މިއީ ރައްޔިތުންނާ އެކުގައި މެމަބަރުން ތިއްބަވަން ޖެހޭ ވަގުތެއް. ބޭނުންޖެހޭ ގަޑީގައި ގާތުގައި ހުރި ރަޙްމަތްތެރިޔާ އެއީ ހަޤީޤީ ރަޙްމަތްތެރިޔާ. އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ހަޤީޤީ ރަޙްމަތްތެރިންނަކީ ތިޔަ ޢިއްޒަތްތެރި މެމްބަރުންކަމަށްވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނާ އެކީގައި މިއަދު މެމްބަރުން ކުރައްވާ މަސައްކަތް ކާމިޔާބު ވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާ ގައި ކުރިއަށް ގެންދަވަނީ ކޮވިޑް 19 އާ ގުޅިގެން ވަޒީފާގެއްލޭ މީހުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުނަށް، މުސާރައެއް ލިބޭ އިޤްތިޞާދީ މަސައްކަތެއްގައި ބައިވެރިކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ، މެދުހެންވޭރު  ދާއިރާގެ މެމްބަރ ޢަލީ ޢާޒިމެވެ. މިމައްސަލަ ބަހުސް ކުރިއަށް ގެންދެވުމަށް ފާސްކުރެއްވީ 76 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

އެންމެ ފުރަތަމަ ގުޅާ ބަޔަކަށް ވަނީ މަޖިލީސް މެމްބަރުން ކަމަށެވެ. އެހެންކަމުން މިވަގުތު މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންނާ ފަސޭހައިން ގުޅޭ ގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް މެމްބަރުން ތިއްބަވަން ޖެހޭނީ ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވެސް އެނގޭ އަޅުގަނޑުމެންނަށް މިއަދު ރައްޔިތުންގެ ހުރިހާ ޝަކުވާތަކުގެ ޖަވާބެއް ނުދެވިދާނެ. ރައްޔިތުން އެދޭ މިންވަރަށް ވެސް އަދި އަޅުގަނޑުމެން އެދޭ މިންވަރަށް ވެސް ޖަވާބު ނުދެވިދާނެ. އެހެންނަމަވެސް މިއީ ރައްޔިތުންނާ އެކުގައި މެމަބަރުން ތިއްބަވަން ޖެހޭ ވަގުތެއް. ބޭނުންޖެހޭ ގަޑީގައި ގާތުގައި ހުރި ރަޙްމަތްތެރިޔާ އެއީ ހަޤީޤީ ރަޙްމަތްތެރިޔާ. އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ހަޤީޤީ ރަޙްމަތްތެރިންނަކީ ތިޔަ ޢިއްޒަތްތެރި މެމްބަރުންކަމަށްވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންނާ އެކީގައި މިއަދު މެމްބަރުން ކުރައްވާ މަސައްކަތް ކާމިޔާބު ވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާ ގައި ކުރިއަށް ގެންދަވަނީ ކޮވިޑް 19 އާ ގުޅިގެން ވަޒީފާގެއްލޭ މީހުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުނަށް، މުސާރައެއް ލިބޭ އިޤްތިޞާދީ މަސައްކަތެއްގައި ބައިވެރިކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމެވެ. މިމައްސަލަ ބަހުސް ކުރިއަށް ގެންދެވުމަށް ފާސްކުރެއްވީ 76 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.