ބޮޑުފުޅަދުއާއި ސަފާރީއެއް މޮނިޓަރިން ހާލަތަށް ގެނެސްފި

ބޮޑުފުޅަދޫގައި ހިންގާ ހޮލިޑޭވިލެޖު ނަމަކަށް ކިޔާ ގެސްޓު ހައުސްއަކުން ކޮވިޑް 19 ގެ އަލާމާތްތައްހުރި މީހަކު ފެނިގެން އެތަން އެރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ. އެހާލާތުގައި އޮންނައިރު އެރަށަށް އަރައި ފޭބުން ވަގުތީ ގޮތުން ވާނީ މަނާ ކުރެވިފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ޑޮކްޓަރުންގެ ޓީމެއް މިހާރުވަނީ އެރަށަށް ދަތުރު ފަށައިފައި ކަމަށެވެ.

މީގެ އިތުރުން އީކުއޭޓަރ ސަފާރީން ދިއްވެއްސެއްގެ ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ސަފާރީވެސް ވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ. އަދި އެއަށްވެސް  ޑޮކްޓަރުންގެ ޓީމެއް ދަތުރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.