ވަކި މުއްދަތަކަށް ރާއްޖެ "ލޮކްޑައުން" ކުރުމަށް ދިވެހި ޢިލްމުވެރިން ވެސް ސަރުކާރަށް ގޮވާލައްވައިފި

މިހާރު ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮރާނާ ވައުރަހާ ގުޅިގެން ވަކި މުއްދަތަކަށް ރާއްޖެ "ލޮކްޑައުން" ކުރުމަށް ދިވެހި ޢިލްމުވެރިން ވެސް ސަރުކާރަށް ގޮވާލައްވައިފި އެވެ.

ޢިލްމުވެރިންގެ ގުޅުމުން ނެރުއްވައިފައިވާ އިލްތިމާސްގައި ވަނީ ރާއްޖޭގައި ވެސް ހިފެހެއްޓުމެއްނެތި ކޮރޯނާ ވައިރަސް ފެތުރެން ފަށައިފިނަމަ، ދެން ދިމާވާނެ ނުރައްކާތެރިކަމާއި ގެންލުން ބޮޑު ކަމަށްޓަކައި މުޅި ރާއްޖެ ވަކި މުއްދަތަކަށް،"ލޮކްޑައުން" ކުރުމަށް ރާއްޖޭގެ ޢިތުބާރުހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާތީ އެޖަމްޢިއްޔާއިންވެސް އެކަމަށް ތާއީދުކުރާކަމަށެވެ. އަދި އެއީ ދީނުގެ ޝަރުޢީ މަސްލަޙަތު މިވަގުތާއި ޙާލަތަށް ނިޔާކުރާ ގޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން އަރުވައިފައިވާ ލަފަޔާ އެއްގޮތަށް މުޅި މި އިސްލާމީ ވަޠަން ތަޤްފީލް (ލޮކްޑައުން) ކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ މަސްޢޫލުވެރިންނަށް އިލްތިމާސް ކުރަމެވެ" ޢިލްމުވެރިންގެ އިލްމާސްގައި ވެއެވެ.

އެހެން ޤައުމުތަކުގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް- 19 ފެތުރެމުން ދިޔަ ގޮތުގެ ތަޖްރިބާއަށް ބައްލަވާ ގިނަ ބަޔަކު ދަނީ ވަގުތު ފާއިތުވުމުގެ ކުރިން ރާއްޖެވެސް ލޮކްޑައުން ކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ގޮވާ ލައްވަމުންނެވެ. އޭގެ ތެރޭގައި ތަޖުރިބާ ކާރު ޑޮކްޓަރުންގެ އިތުރުން އިޤްތުޞާދީ މާހިރުންނާއި ސިޔާސީ ބޭފުން ވެސް ހިމެނި ވަޑައިގަންނަވައެވެ.

ކޮވިޑް-19 ށް ރާއްޖޭގައި މީހަކު ޕޮސިޓިވް ވިތާ 10 ދުވަސް ވީރި އެބައްޔަށް ޕޮސޮޓިވް ވެފައިވާ 13 މީހާކު މިހާރު ރާއްޖޭގައި އެބަ ތިއްބެވެ.  ގިނަ ބަޔަކު ވަނީ ބައްޔައް ޝައްކު ކުރެވޭތީ އެކަހެރޮކޮށްފައެވެ. އަދި އެބައްޔާ ގުޅިގެން ރާއްޖޭގައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، މިމަހު 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިޢުލާން ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.