މަތިވެރިއާއި، ރިސޯޓެއް މޮނިޓަރިން ހާލަތަށް ގެނެސްފި

ރާއްޖޭގެ ރަށަކާއި ރިސޯޓެއް މޮނިޓަރިން ޙާލަތަށް ގެނެސް މޮނިޓަރ ކުރަން ފަށައިފިއެވެ. މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އއ. މަތިވެރިއާއި، ގިލި ލަންކަންފުށި ރިސޯޓެވެ.

ގިލި ލަންކަންފުށި މޮނިޓަރިންނަށް ގެނެސްފައިވަނީ އެތަނުގެ ދިވެހި މުވައްޒަފަކު މެލޭޝިއާއަށް ގޮސްފައި އައިރު އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމަތްތައްފެނިގެން ކޮންޓެކްޓްރޭސިން ހެދުމާއި އެއާގުޅޭ އެހެންކަން ކުރުމަށެވެ.

އއ. މަތިވެރި މޮނިޓަރިންގެ ޙާލަތަސް ގެނައީ ދެ ބިދޭސީއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެމީހުން ޓެސްޓް ކުރުމާއި، އައިސޮލޭޓް ކުރުމާއި ކޮންޓެކްޓްރޭސިން ހެދުމަށެވެ. މިދެރަށް މިހާލަތަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހުއެވެ.

ފުރަތަމަ ކޭސްގައި ކޮންޓެކްޓްވެފައިވާ މީހުން ކަރަންޓީނު ކުރިތާ 14 ދުވަސް ހަމަވިއިރު އެއްވެސް އަލާމާތެއް ފެނިފައިނުވާތީ މާގިރި ހޮޓަލުން ކަރަންޓީން ކުރި މީހުން ހިމެނޭ ގޮތަށް އެންމެން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.